ސްކައިޕް ވީޑިއޯ ކޯލް ބޭނުންކޮށްގެން ފަޟީލަތުއްޝައިޚް އާދަމް ނިޝާން ބިން ޢަލީ ގެ ދަރުސްއެއް ސ. ހިތަދޫގައި ބުރާސްފަތިދުވަހުގެރޭ ބޭއްވޭނެކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފިއެވެ.
ހިތަދޫ ޝަރަފުއްދީން ސްކޫލް އޭވީ ރޫމްގައި މިބޭއްވޭ ދަރުސަކީ ނޫރުލް އިސްލާމް ޖަމިއްޔާއިން އިސްނަގައިގެން އިންތިޒާމްކުރާ ދަރުސެކެވެ. "ޞައްޙަ ޢަޤީދާ އަދި މަންހަޖަކީ ކޮބާ؟" މި މަޢުޟޫގެ މައްޗަށް މި ބޭއްވޭ ދަރުސަކީ މެލޭޝިޔާއިން ވަގުތުން ގެނެސްދެވޭ ދަރުސްއެއްކަމަށް ނޫރުލް އިސްލާމުން ހާމަކުރެއެވެ.
ރޭގަނޑު 8:30 ގައި ފެށޭ މިދަރުސަށް ފަހު ސުވާލާއި ޖަވާބު ސެޝަނެއް އޮންނާނެކަމަށްވެސް ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން ހާމަކުރެއެވެ.
ޝައިޚް އާދަމް ނިޝާން އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއިން ދަސްވެނިވެލެއްވުމަށްފަހު މިހާރު މެލޭޝިޔާއިން މާސްޓާރސް އަށް މަތީ ތަޢުލީމް ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...