އަޅުގަނޑުމެންގެ މުސްލިމް މުޖްތަމައުގައި ހިންގަފާނެ ކަމަށް ހިތައްވެސް ނާރަފަދަ ނުބައި ކަންތައްތައް ފެތުރެމުން ދާކަމަށް ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާރޗް އިން އިންތިޒާމްކޮށްގެން ”ދިވެހި އަންހެނުންގެ އަޑު“ގެ ނަމުގައި ރޭ އޮލިމްޕަހުގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ޑރ. ރަމީލާ ވިދާޅުވީ، ”އަޅުގަނޑުމެންގެ މުސްލިމް މުޖްތަމައުގައި ހިންގާފަނެ ކަމަށް ހިތައްވެސް ނާރަފަދަ ނުބައި ކަންތައްތައް ދަނީ ފެތުރެމުން ކަމަށާއި އަޅުގަނޑުމެންގެ މުޖްތަމައު ގެ ހާލަތު މިއޮތީ ވަރަށް ދަށު ދަރަޖަ އަކައް ވެއްޓިފައި“ ކަމަށެވެ.
ޑރ. ރަމީލާ ވިދާޅުވީ، ބަނޑު އަޅާ ވިހޭ މަންމަ އަމިއްލަ ފިރިހެން ދަރިފުޅާ އެކު ވެސް ޖިންސީ ގުޅުން ހިންގަމުން ދާކަމަށާއި އަދި މަންމަ އާ ދަރިފުޅު އެއް ފިރިހެނަކަށް ބަލިވެ އިން ރިޕޯޓެއް ލިބިފައިވާކަމަށެވެ. މީގެ އިތުރުން 3 އަހަރުގެ ކުއްޖަކު 5 އަހަރުގެ ކުއްޖަކު ވެސް ޖިންސީ ގުޅުން ހިންގި ކަމުގެ ކޭސް އެއްވެސް ލިބިފައިވާކަމަށް ޑރ. ރަމީލާ ވިދާޅުވިއެވެ.
މީގެއިތުރުން ތުއްތު ކުދިންނަށް މައިންބަފައިންނާއި އާއިލާގެ ފަރާތުން އަނިޔާ ލިބޭ ކުދިން ގޯސް މަގުން ދާތަން ފެނިގެން ދާކަމަށާއި ގޭތެރެގައި އޮންނަ އެކުވެރިކަން އެއްގޮތަކަވެސް ނެތްކަން ފާހަގަ ކުރެވޭ ކަމަށާއި އެކަކު އަނެކަކައް އަނގައިގެން ނުބުނާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...