އިނގިރޭސި ވިލާތުގައި އިސްލާމދީނަށް ވަން މީހުންގެ އަދަދު 100000 އަށް ވުރެއްވެސް އިތުރުވެއްޖެ ކަމަށް ދާދިފަހުން ފެއިތް މެޓާސް ނަމަކަށް ކިޔާ ޖަމާއަތަކުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާ ބުނާގޮތުން މިދިޔަ އަހަރު އެކަނިވެސް އިނގިރޭސި ވިލާތުގައި 5200 މީހުން ވަނީ އިސްލާމްދީނަށް ވަދެފައެވެ.
ނިމިގެން ދިޔަ އަހަރު އިސްލާމްވި މީހުންގެ ހިސާބުތަކަށް ނަޒަރު ހިންގައިލާއިރު، ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެ ޖަމާއަތުން ބަޔާންކޮށްފައިވަނީ އިސްލާމްދީނަށް ވަންނަ އަންހެނުންގެ އަދަދު އިތުރުވުމެވެ. ދިރާސާއިން ދައްކާގޮތުގައި، މިދިޔަ އަހަރު އިސްލާމްވި އެންމެންގެ ތެރެއިން ތިންބައިކުޅަ ދެބައި ހިއްސާކުރަނީ، އަންހެނުންނެވެ. އަދި އިސްލާމްވި މީހުންގެ 70 އިންސައްތަ މީހުންނަކީ ދޮން މީހުންކަމަށްވެސް ދިރާސާއިން ދައްކައެވެ.
އިސްލާމް ދީނަށް ވަންނަމުން ދާމީހުންގެ އެވަރެޖް އުމުރެއްކަމަށް ދިރާސާއިން ދައްކަނީ އެންމެ 27 އަހަރެވެ. ދިރާސާ ކުރި ފެއިތް މެޓާސް އުން ހާމަކުރި ރިޕޯޓުގައި ވާގޮތުން އިސްލާމްވި 5200 މީހުންގެ ދެރެއިން 1400 މީހުން އިސްލާމް ވެފައިވަނީ ވެރިރަށް ލަންޑަނުގައެވެ.
2001 ވަނަ އަހަރު ކުރެވިފައިވާ ދިރާސާއެއް ދައްކާގޮތުން އޭރު އިނގިރޭސް ވިލާތުގައި ތިބީ އިސްލާމް ދީނަށް ބަދަލުވެފައިތިބި 60000 ހާސް މީހުންނެވެ. ނަމަވެސް ފާއިތުވެ ދިޔަ 9 އަހަރު ދުވަހުގެ ތެރޭ މިއަދަދު މިވަނީ ލަށްކަޔަށްވުރެއް މަށްޗަށް އަރައިފައެވެ. ﷲ އަކްބަރު. ނިމިގެން ދިޔަ އަހަރު އިސްލާމްވި މީހުންގެ ތެރޭގައި، އިނގިރޭސް ވިލާތުގެ ކުރީގެ ބޮޑުވަޒީރުގެ ފަހަރި، ލައުރެން ބޫތުވެސް ފާހަގަކޮށްލެވެއެވެ.

















ޚިޔާލު