އިޢުޖާޒުލް ޤުރުއާނުގެ މާނައަކީ އެފަދަ ފޮތެއް ގެނައުމަށް އެންމެހައި ޚަލްޤުތަކުންނަށް ގޮންޖަހާލި ގޮންޖަހާލުމަށްފަހު އެކަމަށް ނުކުޅެދުނުކަން ސާބިތު ކޮށްދިނުމެވެ.
ޤުރުއާން މުޢުޖިޒާތަކަށްވީ ސަބަބު:
މުއުޖިޒާތަކީ ނަބީބޭކަލުންގެ ނަބީކަމުގެ ދަޢުވާއަކީ ތެދު ދަޢުވަތެއްކަން ސާބިތުކޮށް ކަށަވަރުކޮށް ދިނުމުގެ ގޮތުން މާތްﷲ އެބޭކަލުންނަށް ދެއްވާ އާދަފޫވައްޓާލަނިވި ކަމެކެވެ.
ޤުރުއާނަކީ މުޢުޖިޒާތެއްކަން ސާބިތުކޮށް ދިނުމުގެ މަޤްސަދަކީ ޤުރުއާނަކީ ޙައްގު ތެދުފޮތެއްކަމާއި މާތް ﷲ ގެ ޙަޟުރަތުން ޤުރުއާންގެންނެވި ރަސޫލާއަކީ ތެދުވެރި ބޭކަލެއްކަން ސާބިތުކޮށް ދިނުމެވެ.
ބަހުގެ ގޮތުން ޤުރުއާނުގައިވާ ޢިއުޖާޒު:
ކީރިތި ޤުރުއާން އައިސްފައިވަނީ އަރަބީންވާހަކަދައްކާ އެމީހުންގެ ބަހުރުވައިންނެވެ. އެއްގޮތަކަށްވެސް އެމީހުންގެ ބަހުރުވައިން ބޭރުވެފައެއްނުވެއެވެ. ނަމަވެސް ޤުރުއާންވަނީ އެބައިމީހުން ވާހަކަދައްކާ ބަހުރުވައިން އައިސް އެބައިމީހުންނަށް ގޮންޖަހާފައެވެ.
ކީރިތި ރަސޫލާގެ ދުޝްމިނަކު ޤުރުއާން އަޑުއެހުމަށްފަހު ބުނަނީ އެގުރުއާނަކީ ކަލޭމެން ތިޔަބުނާ ކަހަލަ އެއްޗަކާއި ވައްތަރު އެއްޗެއްނޫނެވެ. އެކަލޭގެފާނުވިދާޅުވާ އެއްޗިހީގައި މުޅީންވަނީ ފުރިހަމަކަމާއި މާތްކަމެވެ. އިބާރާތް ތަކުގެ ފުރިހަމަ ކަމާއި ބަލާޣާތް ތެރިކަމަކީ ވެސް އަޖައިބު އެއިގައި އެކުލެވިގެންވާ ކަމެކެވެ. އެބަސްފުޅުތަކުގެ މަތީގައިވަނީ މޭވާ އަޅާފުރިފައެވެ. ތިރީގައިވަނީ ފެންގިނަ ތާޒާބިމެވެ. އެއީއެނޫން ހުރިހައި ބަސްތަކެއްގެ މައްޗައް ގަދވެގަންނާނެ ބަސްފުޅުތަކެވެ.
އެކުލަވާލެވިފައިވާ ގޮތުގެ ޢިޢުޖާޒު:
ޤުރުއާން ބާވާލެއްވުނީ ވަކިވަކިން ނޭނގެ މީހަކށް އެފޮތުގައިވާ ތަރުބިއްޔަތަށްބަލާފައި އެފޮތަކީ ވަކިވަކިން ބާވާލެއްވުނު ފޮތެއްކަން ނޭގޭނެއެވެ. އެއީ އާޔަތްތަކުގެ މެދުގައިވާ ގުޅުމާއި އަތުރާލެވިފައިވާ ތަރުތީބުކަމާއި ބަސްމަގު ފުރިހަމަ ކަމުންނެވެ.
ޤުރުއާނުގައިވާ އެކިއެކި ޢިލްމު:
ފިންގާރޕްރިންޓް : އިނގިލީގެ ކުރީ ބަދައިގައިވާ ކުރެހުމުގެ ސިއްރު އިންސާނާވާނީ ހޯދާފައެވެ. އެއްބަނޑު އެއްބަފާ ދެމީހުން އަދި އެއްމާބަނޑު ދެކުދިންކަމުގއި ވިޔަސް ދެމީހުންގެ ކުރީ ބަދައިގައިވާ ކުރެހުން އެއްގޮތަކަށްނުވާނެކަންވަނީ ހޯދިފައެވެ. މިހަގީގަތް އިންސާނާއަށް ހޯދުނީ 19ވަނަ ޤަރުނުގެ ތެރޭގައެވެ. ނަމަވެސް މީގެ 1400 އަހަރުކުރިން ކީރިތިޤުރުއާންވަނީ މިހަޤީގަތް ހާމަކުރައްވާފައެވެ.
ޤުރުއާނުގައި އައިސްފައިވާ ޣައިބުގެވާހަކަ:
ޤުރުއާނުގައި މުސްތަގުބަލުގައި ހިނގާނޭ އެތައްކަމެއްގެ ވާހަކަ އައިސްފައިވެއެވެ. އެއިގެ ތަފާތު ކަންތައްތަކުގެ ތެރޭގައި ރޯމަނުންނާއި ފާރިސީންނާއި ކުރުވެނު ހަނގުރާމައެއްގައި ރޯމަނުންވަނީ ބަލިވެފައެވެ. މިކަމާއި މުޝްރިކުން އުފާކުރިއެވެ. އެއިގެ ސަބަބަކީ ރޯމަނުންނަކީ އަހުލުކިތާބީންގެ ބަޔަކަށްވާތީއެވެ. މިކަމާއި އަޞްޙާބުބޭކަލުން ތިއްބެވީ ވަރަށް ދެރަފުޅުވެފައެވެ. އެގޮތުގައި ތިއްބަވަނިކޮށް ﷲ ރޯމަނުން ފާރިސީންގެ މައްޗައް ކާމިޔާބުހޯދާނެކަމުގެ ޚަބަރު ދެއްވިއެވެ. އަދި އޭގެ ނުވައަހަރު ފަހުން ރޯމަނުން ފާރިސީންގެމައްޗައް ކާމިޔާބު ހޯދިއެވެ.

















ޚިޔާލު