ރާއްޖޭގެ ޚަބަރު އާރައީސްއަކު އިންތިޚާބު ވަންދެން ޑރ. ވަހީދު މަޤާމުގައި ދެމިހުންނެވުމަށް ދަންނަވަން: އަދަލާތު

އާރައީސްއަކު އިންތިޚާބު ވަންދެން ޑރ. ވަހީދު މަޤާމުގައި ދެމިހުންނެވުމަށް ދަންނަވަން: އަދަލާތު

އާރައީސްއަކު އިންތިޚާބު ވަންދެން ޑރ. ވަހީދު މަޤާމުގައި ދެމިހުންނެވުމަށް ދަންނަވަން: އަދަލާތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އާރައީސްއަކު އިންތިޚާބުކޮށް މަޤާމާއި ހަވާލުވަންދެން ރައީސް ޑރ. ވަހީދު މަޤާމުގައި ދެމިހުންނެވުމަށް ޢަދާލަތު ޕާޓީއިން ދަންނަވައިފި

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްގޮތަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރެވި އެމަޤާމާއި އާރައީސްއަކު ޙަވާލުވެ ވަޑައިގެންފުމަށް ދާންދެން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ޑރ. މުޙައްމަދު ވަހީދު ޙަސަން
ދެމިހުންނެވުމަށް އިލްތިމާސްކޮށް ޢަދާލަތު ޕާޓީއިން ރައީސްއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އެޕާޓީން ރައީސް ޑރ ވަހީދުއަށް ފޮނުވި ސިޓީގައި ވަނީ،“ކުރީގެ ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމާއި ގުޅިގެން ޤައުމަށް ކުރިމަތިވި ހަލަބޮލި ދުވަސްތަކުގައިވެސް މަނިކުފާނު ދައްކަވާފައިވާ ސާބިތު ކަމާއި ޙިކުމަތްރެރިކަމަކީ ދިވެހި ޤައުމުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއް ކަމުގައި އެޕާޓީން ދެކޭކަމަށާއި، ދިވެހިރާއްޖޭގެ މައްޗަށް ނުރަނގަޅު ނުފޫޒު ތައް ފޯރުވައި ގައުމުގެ ދާޚިލީ ކަންތަކުގެ ތެރެއަށް ވަދެގަތުމަށް މަސައްކަތް ކުރާ ބޭރުގެ ފަރާތް ތަކުގެ ކުރިމަތީގައި މަނިކުފާނު ދައްކަވަމުން ގެންދަވާ ހަރުދަނާ ޑިޕްލޮމެސީ އާއި އަދި ނަންގަވަމުން ގެންދަވާ ހަރުދަނާ މަޥްގިފް ތަކަކީ ދިވެހި ގައުމުގެ ދަރީން ފަޚުރުވެރިވުން ޙައްގު ކަމެއް ކަމުގައެވެ.”

ޤައުމުގެ ސިޔާސީ މަސްރަޙު މުޅިން ހަލަބޮލި ކޮށްލައި، ގަދަބާރާއި، މަކަރާއި އޮޅުވާލުމާއި އަދި ބޭރުގެ ފަރާތްތަކެއްގެ އެހީގެ ބޭނުން ކޮށްގެން ދިވެހި ޤައުމު ފޭރިގަތުމަށް ބަޔަކު މަސައްކަތް ކުރަމުންގެންދާ ކަމަށާއި މި ނުރައްކާތެރި ދަނޑިވަޅުގައި ޤައުމު އެދި ގޮވަނީ އަމާން ބަދަރަކަށް ވާސިލް ވެވެންދެން ޑރ. ވަޙީދު ގައުމުގެ ނަވުގެ ހުންގާނުން ދޫކޮށްނުލައްވައި ހުންނެވުމަށް ޢަދާލަތު ޕާޓީގެ ސިޓީގައި ރައިސްއަށް ދަންނަވާފައިވެއެވެ.

މިމަހު 21 ވަނަ ދުވަހުގެ ރޭ ބޭއްވި ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖުލީހުގެ ޖަލްސާގައި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ހުށަހެޅުއްވި ކުއްލިމައްސަލަ އެޕާޓީގެ މަޝްވަރާ މަޖުލީހުގެ އަޣުލަބިއްޔަތާއެކު ވަނީ ފާސްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.