އަރަބިދުނިޔެދިއިސްލާމްދުނިޔެ

އެންމެ ބޮޑު ޚިޔާނާތަކީ ދީނަށް ޚިޔާނާތްތެރިވުން - ޙައްޖު ޚުތުބާ

އެންމެ ބޮޑު ޚިޔާނާތަކީ ދީނަށް ޚިޔާނާތްތެރިވުން ކަމަށާއި މުދަލަށް ވާ ޚިޔާނާތަށްވުރެ ދީނީ ގޮތުން ވެވޭ ޚިޔާނާތް މާ ބޮޑުކަމަށް ހައްޖު ޚުތުބާގައި ގޮވާލާއިފިއެވެ.

އަރަފާތު ބިމުގައި ހުންނަވާ ސަޢޫދީ ޢަރަބިޔާގެ އިސްމުފްތީ ޝައިޚް ޢަބްދުލް ޢަޒީޒް އާލުއްޝައިޚް ދެއްވި ހައްޖު ޚުތުބާގައި ވިދާޅުވީ ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް އޮތް ތެދުމަގެއް ކަމަށާއި ޤުރުއާނުގައިވާ ކަންކަން ތަންފީޒުކޮށް އޭގައިވާ ގޮތަށް ޢަމަލުކުރަން ޖެހޭކަމަށެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ މަތިން ގިނަގިނައިން ހަނދާންކޮށް އެކަލާނގެ އަށް ބިރުވެތިވެ އަދި ﷲ ނޫން އެހެން ފަރާތަކުން އެހީއާ މަދަދަށް ނޭދުމަށް ނަޞޭހަތްތެރިވިއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ހަޒްރަތުން އެހީއާއި މަދަދަށް އެދެފި މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަމަށް ހަނދުމަކޮށްދެއްވިއެވެ. އަދި ﷲ ގެ ރަސޫލާ އަށް ފުރިހަމައަށް ކިޔަމަންވެ އެކަލާނގެ ޝަރީއަތް ފުރިހަމައަށް ޤަބޫލު ކުރުމަށްވެސް ޚުތުބާގައި ގޮވާލެއްވިއެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވީ މުސްލިމުންގެ ތެރެއިން ބައެއް މީހުން މިއަދު ވަނީ މި ދީނުގެ އަދުއްވުންގެ ވަސްވާހުގައި ވަރަށް ބޮޑަށް ޖެހިފައި ކަމަށާއި އަދި އިސްލާމީ އުންމަތުގެ އަދުއްވުންގެ އުޅުމާއި އާދަތަކާއި ނުބައި އާދަތައް އަޅުގަނޑުމެންގެ ތެރެއިން ބައެއް މުސްލިމުން ނަކަލުކުރަމުން އެ ކަންތަކަށް ތަބާވަމުންދާ ކަމަށެވެ.

"އެންމެ ބޮޑު ޚިޔާނަތަކީ ﷲގެ އަޅާ އޭނާގެ ދީނާއި އޭނާގެ އުންމަތް ދޫކޮށްލައި އަދި އޭނާގެ އުންމަތުގެ އަދުއްވަކަން ވުން. މުސްލިމުންނަކީ އެބައިމީހުންގެ އުންމަތަށް ޚިޔާނާތްތެރިވާނޭ ބައެއް ނޫން،" ޝައިޚް ޢަބްދުލް ޢަޒީޒް އާލުއްޝައިޚް ވިދާޅުވި އެވެ.

ޝައިޚް ޢަބްދުލް ޢަޒީޒް އާލުއްޝައިޚް އިތުރަށް ވިދާޅުވީ އަޅުގަނޑުމެން މިހާރު މިތިބީ ޢަދާވާތްތެރިންގެ ދަށުވެފައި ކަމަށާއި ޢަދާވާތްތެރިން ދަނީ އަޅުގަނޑުމެންގެ މައްޗަށް އަމުރު ކުރަމުން ކަމަށެވެ. އަދި އަޅުގަނޑުމެން މިހާރުވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަވާން ޖެހިފައި ކަމަށެވެ.

" އަޅުގަނޑުމެން މިހާރު މިތިބީ ޢަދާވާތްތެރިންގެ ދަށުވެފައި. ޢަދާވާތްތެރިން ދަނީ އަޅުގަނޑުމެންގެ މައްޗަށް އަމުރު ކުރަމުން. އަޅުގަނޑުމެން އެނބުރި އަޅުގަނޑުމެންގެ ދީނަށް ދާން ވެއްޖެ " ޝައިޚް ޢަބްދުލް ޢަޒީޒް އާލުއްޝައިޚް ވިދާޅުވިއެވެ.

އިސްލާމީ ޤައުމުތަކުގެ ވެރިން އިސްލާހުވުމަށްވެސް މިއަދުގެ ޚުތުބާގައި ގޮވާލެއްވިއެވެ. އެގޮތުން މުސްލިމުންގެ މައްޗަށް އިސްވެފައިތިބި ވެރިންނަށް އެމީހުންގެ ދަށުގައިވާ ރައްޔިތުންނަށް އިސްލާމްދީން ތަންފީޒު ކުރުމަށް ގޮވާލިއެވެ. އަދި ކޮންމެ ވެރިއަކަށް ވެސް ލާޒިމް ވަނީ އިސްލާމީ ޙުކުމް ތަންފީޒްކުރުން ކަމަށްވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އެބައިމީހުންނާ ޙަވާލުކުރެވިފައިވާ އެބައިމީހުންގެ ގައުމަކީ އަމާނާތެއް ކަމަށާއި އެ އަމާނާތަށް ހިޔާނާތްތެރެވެގެން ނުވާނެކަމަށްވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އަދި ޢަދާވާތްތެރިންގެ މަކަރުވެރި ރޭވުންތަކަށް ނުހެއްލުމަށާއި ރައްޔިތުންގެ ކަންތައްތައް ބެލެހެއްޓުމުގައި ވެރިން ﷲ އަށް ތަޤްވާވެރިވުމަށް ގޮވާލެއްވިއެވެ.

ސައޫދީ އަރަބިއްޔާގެ އެންމެ އިސް މުފްތީ ޝައިޚް އަބްދުލް އަޒީޒު އާލް ޝައިޚް ދެއްވި ޚުޠުބާގައި އިސްލާމީ އުއްމަތައް ދިމާވަމުންދާ ގޮންޖެހުންތަކާއި، ޢަދުއްވުންގެ ފަރާތުން ދިމާވަމުންދާ ނުރައްކާތަކާ ބެހޭ ގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ޙައްޖުވެރިން ﷲ އަށް ޝުކުރުވެރިވުމަށް ގޮވާލައްވާ ސަޢޫދީގެ ސަރުކާރުން ޙައްޖުވެރިންނަށް ފަސޭހަކަން ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

ގުޅުންހުރި

5 ޚިޔާލު

  1. ސައުދީގެ ވެރިމީހާ އާއި އަރަބި ޤައުމުތަކުގެ ވެރިން މި އުންމަތަށް ޤައްދާރުވަނީ….

  2. ސައޫދީ މުފްތީވެސް އަންނިގެ ވާހަކަ ދެއްކެވީތާ ! އެވާނީ ޝަހީމުމެން ފޮނުވި ހުޠުބާއަކަށް! އެމް ޑީ ޕީން ޙައްޖުހުޠުބާ ބޮއިކަޓްކުރަން ނުގޮވާތަ؟

  3. އިސްލާމްދީނާއި އިސްލާމީ އުންމަތުގެ އެންމެ ބޮޑެތި އަދާވާތްތެރިންނަކީ އިސްލާމީ ޤައުމުތަކުގައި އިސްލާމްގެ ލޭބަލުގައި ފިލާތިބެވެރިކަން ކުރާ ރަސްކަލުންނާއި ރައީސުންނާއި ބޮޑުވަޒީރުންނެވެ. ސުޢޫދިއެރެބިޔާގެ މުފްތީ އެކަން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ރަސްގެފާނުގެ ޙިސްބާކުރާނީވެސް ކޮންދުލަކުންހެއްޔެވެ. ސަހަރޯއެވެ. އާންމުންގެ މައްޗަށް ހައްދުޤާއިމުކުރެވި ރަސްކަލުންނާ ވެރިންގެ މައްޗަށް ޤާނޫނާއި ޤަވާއިދު ނުހިންގާ މިދުވަސްއަންނާނެ ވަހަކަރަސޫލާ އޮތީ އަންގަވައިދެއްވާފައެވެ. މިކަމުންވެސް އެންމެ ފާހަގަވަނީ ރަސޫލާގެ ތެދުވެރިކަމެވެ. ރާއްޖޭގައި ކޮޕީކޮޅެއް އޮފީހުންނަގަގައި ޖުރިމަނާ ކުރެވިފައިވެއެވެ. ނަމަވެސް މަޖިލީހުގެ އިސްމަޤާމުގައި ހުރެ މުޅި ޤައުމަށް ޚިޔާނަތްތެރިވާއިރު، ޤައުމަށް އިންޑިޔާގެ ބާޣީސިފައިން ގެނައުމަށް ގޮވާލާއިރު، މުޅި ޤާނޫނާދެކޮަލ=ޅަށްނުކުމެ އިސްމީހުން ސީިޔާސީ މުއްލާއިން ޑިމޮކްރެޓިކް މުއްލާއިން އުޅޭއިރު ޤާނޫނު ބޭބަސްވެފައެވެ.

  4. މާޝާ ﷲ.. މި ޚުތުބާ އެއްކޮށް ދިވެހިބަހުން ތަރުޖަމާއެއް ގެނެސްދެއްވާނެ ކަމުގައި އުއްމީދުކުރަން.

  5. جزاك الله خير، شيخ.

Your email address will not be published. Required fields are marked *