ބޭނުންވާނެ ތަކެތި
5 ރޮށި ( ހަނިކޮށް ކޮށާފަ )
01 ފަޅި ފިޔާ ( ހިމުންކޮށް ކޮށާފަ )
02 ހިކަނދި ފަތް
1/4 ގިތެޔޮމިރުސް
1/4 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ޖޯޑު ކެބެޖް ( ކޮށާފަ )
1/2 ޖޯޑު ކެރެޓް ( ގާނާފަ )
1/2 ޖޯޑު ލީކްސް ( ކޮށާފަ )
1/2 ޖޯޑު ޓޫނާ
1 ސައިސަމުސާ އިނގުރު ( ޗިސްކޮށްފައި )
1 ސައިސަމުސާ ލޮނުމެދު ( ޗިސްކޮށްފައި )
1 ބިސް
1/3 ސަމުސާ މުގުރި މިރުސް
1/2 ސަމުސާ ފޮނިތޮށި އަދި ކާފޫރުތޮޅި ( މުގުރާފަ )
1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
1/2 ޖޯޑު ޓޫނާ ކަރީ
ކުޑަ ލޮނުކޮޅަކާއި ތެޔޮފޮދެއް
ތައްޔާރުކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާލާފަ ތެޔޮފޮދު ރަނގަޅަށް ހޫނުވުމުން ބިސް، ފިޔާ، ގިތެޔޮމިރުސް، ކެބެޖް، ކެރެޓް، ލީކްސް، ހިކަނދިފަތް، އެއްކޮށް އެޅުމަށްފަހު ފިޔާކޮޅު މޯޅިވީމާ، ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށްލުމަށްފަހު ރަހަ ހިފާވަރަށް ހަނާވުމުން އަުނދުން މަތިން ބާލާށެވެ.

















ބިސް އަޅާނީ ކައްކާފަތަ؟
ތީވާމޮޅު ތައްޔާރު ކުރުމެއް
ރަނގަޅު ކާނާ އެކެވެ.
ބިސްއެއީ ޓޫނާކޮށްތުރޮށި ހެދިކަމުގެ ހަނދާނަކަށް ބާއްވަން
އޯރިއޯ ޕައި ހަދާގޮތް ކިޔައިދީބަލަ
ޓުުނާ ކަރިީ އަކި ކޮބާ ؟
ޓޫނާ ކަރީ އަކީ ފުޅިއެއްގަ ހުންނަ އެއްޗެއް