ރާއްޖޭގެ ޚަބަރު ރުޤުޔާ ޖަހާތީ އަޑުގަދަ ކުރާއަށް ގެއްލުން ދީފި

ރުޤުޔާ ޖަހާތީ އަޑުގަދަ ކުރާއަށް ގެއްލުން ދީފި

ރުޤުޔާ ޖަހާތީ އަޑުގަދަ ކުރާއަށް ގެއްލުން ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ. ވައިކަރަދޫ މުޅިރަށަށް އަޑު އިވޭހެން ރުޤްޔާ ޖަހަމުން ދާ، ޢަދާލަތު ފެންޑާގެ އަދުގަދަ ކުރާއަށް ބަޔަކު އިއްޔެ ގެއްލުން ދީފިއެވެ.

ވައިކަރަދޫ ޢަދާލަތު ޕާޓީ ގޮފީގެ އިސް އޮފިޝަލަކާ ހަވާލާދީ ޢަދާލަތު ޕާރޓީއިން ބުނީ އިއްޔެ ހެނދުނު ފެންޑާއަށް ދިޔަ އިރު ފެންޑާގައި ނަގާފައި ހުންނަ އަޑުގަދަ ކުރާ ސްޕީކަރުގެ ނަރު ބުރިކޮށްލާފައިވާ ކަމަށެވެ. އަދި އެ އަޑުގަދަ ކުރާއިން މުޅި ރަށަށް އަޑު އިވޭ ވަރަށް ރުޤުޔާ ޖަހާތީ އެކަމާ ބައެއް މީހުން ނުރުހުން ފާޅުކުރަމުން ދިޔަކަމަށެވެ.

މުޅި ރަށަށް އަޑު އިވޭ ވަރަށް ރުޤުޔާ ޖަހާފައި ހުންނަ އަޑުގަދަ ކުރާގެ ވާގަނޑު ބުރިކޮށްލި ނަމަވެސް މިހާރު އަޑުގަދަ ކުރާގެ ވާގަނޑު ގުޅާފައިވާ ކަމަށް ޢަދާލަތު ޕާރޓީއިން ބުނެއެވެ.

މީގެ އިތުރުން މިހަފްތާ ތެރޭގައި، ވައިކަރަދޫގައި ޕީޕީއެމް ކެމްޕޭން ކުރުމަށް ބޭނުންކުރާ ލައުޑް ސްޕީކަރވެސް ހަލާކުކޮށް ބަޔަކު ވަނީ މޫދައް އެއްލާލާފައެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.