ރާއްޖޭގެ ޚަބަރު އަރަބިއްޔާ ބިމުގައި ފްލެޓް އަޅާގޮތައް ނިންމާ އަންނަ ހަފްތާގައި ބިންގާ އަޅަނީ

އަރަބިއްޔާ ބިމުގައި ފްލެޓް އަޅާގޮތައް ނިންމާ އަންނަ ހަފްތާގައި ބިންގާ އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން

އަރަބިއްޔާ ބިމުގައި ފްލެޓް އަޅާގޮތައް ނިންމާ އަންނަ ހަފްތާގައި ބިންގާ އަޅާގޮތައް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިޑީއާ ރިޕޯޓްތަކުން ބުނާގޮތުގައި އަރަބިއްޔާ އަށް ސަރުކާރުން ދީފައިވާ ބިން އަދި އަރަބިއްޔާ މީގެ ކުރިން ހިންގަމުން އައި ބިމުގައި 08 ފްލެޓް އިމާރާތްކުރުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށް އެކަމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށެވެ. އަރަބިއްޔާގެ އިމާރާތް ހެދުމަށްޓަކައި އެތަން ހުސްކޮށްފައި އޮތުމަށްފަހު ކުއްލިއަކަށް ސަރުކާރުންވަނީ އެބިމުގައި ފްލެޓް އެޅުމަށް ނިންމާ އަރަބިއްޔާއަށް ކުރީގެ ބިމަށްވުރެ 5000 އަކަފޫޓް ކުޑަ ބިމެއް ދިނުމަށް ނިންމާފައެވެ.

ބެލެނިވެރިން އެކަމާއި ނުރުހުން ފާޅުކުރަމުން ދަނިކޮން ސަރުކާރުން މިގޮތައް ނިންމާފައިވާއިރު ސަރުކާރުން ބުނެފައިވަނީ "މާލޭގައި ފްލެޓް އަޅަން ހިޔާލުކުރީއްސުރެ އެ ތަނުގައި ފްލެޓް އަޅަން ވަނީ ނިންމާފައި. މާލޭގައި ފްލެޓް އަޅަން ހުށަހެޅި ފަރާތާ ހަވާލުކޮށްގެން އެ މަސައްކަތް މި ކުރަނީ،" ހައުސިން މިނިސްޓަރުގެ ނައިބު އަކްރަމް ކަމާލުއްދީން ބުނެފައިވާކަމަށް ހަވީރު ނޫހުގެ މިއަދުގެ އަދަދުގައިވަނީ ޝާއިއުކޮށްފައެވެ.

އަރަބިއްޔާގެ ބެލެނިވެރިން އެދެމުންދަނީ އަރަބިއްޔާގެ ބިން ސަރުކާރުގެ ބޭނުމަކަށް ނަގާނަމަ އެވަރުގެ ބިމެއް ދޭނެކަމަށެވެ. އެހެނަސް ސަރުކާރުގެ އިސްމީހުން، ހާއްސަކޮށް ރައީސް ނަޝީދު ވަނީ 'ކިތައްމެ ވަރަކަށް މުޒާހަރާ ކުރިއަށް އަރަބިއްޔާ ކުރީ ހުރިތަނުގައި އަރަބިއްޔާ ނާޅާނެކަމަށާއި އެނިންމުން ބަދަލު ނުކުރާނެ'ކަމަށް ބުނެފައެވެ.

ޓެގް

އަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.