ރަޙްމަތްތެރިކަން ބޭއްވުމާއި ޢަދާވަތްތެރިވުމުގައި ދީނީ ގޮތުން ގެންގުޅެންޖެހޭ މިންގަނޑާއި އިސްލާމީ އުސޫލު ބަޔާންކޮށްދިނުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއްވި ގޮތުގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖެނުއަރީ 30 އަދި 31 ވަނަ ދުވަހުގެ ރޭގައި ކަމަށާއި މައުލޫއަކީ "އަލްވަލާއު ވަލް ބަރާއު" އެވެ. މިދަރުސްގައި ތަގުރީރު ކުރައްވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމްކަމަށްވެސް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. ދަރުބާރުގޭގައި ބާއްވާ މިދަރުސް ފެށޭނީ ރޭގަނޑު 8:45 ގައެވެ.
މިދަރުސްއަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް ޖަމިއްޔަތުއް ސަލަފުން އިލްތިމާސްކުރައްވައެވެ.
ދަރުސް ބާއްވާ ތަން : ދަރުބާރުގެ ފާށަނާ މާލަން (މަތި)
ދަރުސް ދެއްވާނީ : އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް
ގަޑި: ރޭގަނޑު 8:45 އިން 11:00 އަށް
ކޮމެންޓް (0)
ލޯޑް ކުރަމުން...