ޖަމިއްޔަތުއްސަލަފްގެ ފަރާތުން 17 ސެޕްޓެމްބަރު 2013 ގައި ބޭއްވި ދަރުސް ދީނީ ދަރުސްތަކުގެ ވީޑިއޯ އަދި އޯޑިއޯ ގެނެސްދޭ ވެބްސައިޓް ދަރުސްލައިވްއިން 10،000 ވުރެ ގިނަމީހުން ބަލާފިއެވެ.
ދަރުސްލައިވް އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރި ގޮތުގައި “ދަރުސް އަޕްލޯޑް ކުރިތާ 6 ދުވަސް ތެރޭގައި 10،000 އަށްވުރެ ގިނަ މީހުން ވަނީ ދަރުސްގެ ވީޑިއޯ ބަލާފައިވާކަމަށެވެ. އިދި، މިހާތަނައް އެންމެ ގިނަ ބަޔަކު ދަރުސްލައިވްއިން ބަލާފައިވާ ދަރުސްއަކީ “އަންދަލުސް” ދަރުސް ”ކަމަށެވެ.
ޖަމިއްޔަތުއް ސަލަފުން ދަރުބާރުގޭގައި ބޭއްވި ދަރުސްއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު ދަރުސް ޓީވީއެމް، ވީޓީވީ، ދިޓީވީ، ސަންޓީވީ އަދި ޗެނަލް13 އިން ވަގުތުން ދައްކާފައިވެއެވެ. އަދި ރޭޑިއޯ އެޓޯލް އާއި ސަންއެފްއެމް އިން ވަނީ ދަރުސް ވަގުތުން ދުރަށް ފޮނުވާފައެވެ. އަދި ފަހުން ބައެއް ޓީވީ ޗެނަލް ތަކުން ވަނީ އާންމުގެ އެދުމުގެ މަތިން އެދަރުސްގެ ރެކޯޑިންގ ޓީވީ އިން ދައްކާފައެވެ.
“އަންދަލުސް” ދަރުސްގެ މައްސަލަ މަޖިލީހުގެ ކޮމެޓީއަކަށްވެސް ވަނީ ވައްދާފައެވެ. އެދަރުސްގައި ކުރީގެ ރައީސް ނަޝީދުއަށް އެންޓި ކެމްޕޭން ކުރިމަކަމަށް އެމްޑީޕީއިން ތުހުމަތު ކުރާއިރު އެދަރުސް ޓީވީއެމްއިން ލައިވްކުރި މައްސަލާގައި އެމްބީސީގެ އިސްވެރިންވެސް ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...