ރާއްޖޭގެ ޚަބަރު ޝެއިޚް ޖައުފަރު ފާއިޒްގެ ދަރުސްތަކާއި ކްލާސްތައް ސެޕްޓެމްބަރު 15 އިން ފަށަނީ

ޝެއިޚް ޖައުފަރު ފާއިޒްގެ ދަރުސްތަކާއި ކްލާސްތައް ސެޕްޓެމްބަރު 15 އިން ފަށަނީ

ޝެއިޚް ޖައުފަރު ފާއިޒްގެ ދަރުސްތަކާއި ކްލާސްތައް ސެޕްޓެމްބަރު 15 އިން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް ޖައުފަރު ފާއިޒްގެ ދަރުސްތަކާއި ކްލާސްތައް ޙަފްތާގެ ހަތަރުދުވަހު ވަކިމަޢުލޫތަކައް މިސްކިތުގައި ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.

ދަރުސްތަކާއި ކްލާސްތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އެއްފަރާތެއް ކަމަށްވާ އަލީ ޝިފާހު ވިދާޅުވެފައި ސެޕްޓެމްބަރު 15 އިން ފެށިގެން ކޮންމެ ހަފްތާއެއްގެ އާދިއްތަ، ޙޯމަ، އަންގާރަ، ބުދަ، މިހަތަރުދުވަހު ޢިޝާ ނަމާދަށްފަހު މިސްކިތުގައި ވަކިމަޢުލޫތަކަށް ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިމަހު ދަރުސްތައްބޭއްވުމަށް ހަމަޖެހިފައިވަނީ ޝޮލާޙުއްދިން މިސްކިތުގައާއި ޝަހީދު އަލީ މިސްކިތުގައާއި، އިބްރާހީމީ މިސްކިތުގެ އިތުރުން ފުރުޣާން މިސްކިތުގައިކަމަށެވެ.

މީގެއިތުރުން ޤުރުއާނާއި ޙަދީޘްއާއި ތަވްޙީދް ކްލާސްތައްވެސް މިދަރުސްތަކުގެ ތެރެއިން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކްލާސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މީގެކުރިން ބޭއްވި ކުލާސްތަކުގެ ސީޑީ ހޯއްދެއްވުމަށް (7755290)އަށް ގުޅުއްވުމުން އެކަން ހަމަޖެހިގެން ދާނެކަމަށް ވެސް އަލީ ޝިފާހު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.