ރާއްޖޭގެ ޚަބަރު އިންތިހާބައި ގުޅޭ ގިނަ އަދަދެއްގެ ލިޔުންތަކެއް އުކާލަން ތައްޔާރުކޮށްފައި ހުއްޓާ އިލެކްޝަން ކޮމިޝަން ކައިރިން އަތުލައިގެންފި

އިންތިހާބައި ގުޅޭ ގިނަ އަދަދެއްގެ ލިޔުންތަކެއް އުކާލަން ތައްޔާރުކޮށްފައި ހުއްޓާ އިލެކްޝަން ކޮމިޝަން ކައިރިން އަތުލައިގެންފި

އިންތިހާބައި ގުޅޭ ގިނަ އަދަދެއްގެ ލިޔުންތަކެއް އުކާލަން ތައްޔާރުކޮށްފައި ހުއްޓާ އިލެކްޝަން ކޮމިޝަން ކައިރިން އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންތިހާބައި ގުޅޭ ގިނަ އަދަދެއްގެ ލިޔުންތަކެއް އުކާލަން ތައްޔާރު ކޮށްފައި ހުއްޓާ އިލެކްޝަން ކޮމިޝަން ކައިރިން އަތުލައިގެންފައިއެވެ.

ދިއިސްލާމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލިޔުންތައް އުކާލަން ތައްޔާރު ކޮށްފައި ހުއްޓާ އަތުލައިގަތީ ރޭ ފަތިހުގެ ވަގުތެއްގައެވެ. މިތަކެތި ފެނުނީ އިލެކްޝަންސް ކޮމިޝަނާ އިންވެގެން އޮންނަ ލޭބާ ކުއާޓާ ހިންގަމުންދާ އިމާރާތުގެ ބޭރުގައި ބަހައްޓާފައި ހުރި ބޮޑެތި ކޮތަޅު ތަކަކުން ކަމަށްވެސް ދިއިސްލާމްއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިހާރު ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. ކޮތަޅު ތަކުގައި ހުރި ގިނަ އަދަދެއްގެ ކަރުދާސް ހުރީ ކުދި ކޮށްފައި ކަމަށް އެ ސަރަހައްދުން މައުލޫމާތު ދިން ފަރާތުން ހާމަކުރެއެވެ.

މިލިޔުންތަކުގެ ތެރޭގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބާ ގުޅޭ ލިޔުންތައް ހުރި ކަމަށާއި، ވޯޓާސް ރަޖިސްޓްރީގައި ހިމެނޭ ނަންތަކެއް ކަމަށް ބެލެވޭ ނަންތަކެއް ހުރި ކަރުދާސް ތަކަކާއި، ކޮންމެ ވޯޓް ފޮށްޓެއްގެ ކައިރީގައި އިންތިހާބުގެ އޮފިޝަލުން ބޭނުންކުރަމުންދިޔަ ބައެއް ކަރުދާސް ތަކާއި އަދި ބައެއް މީހުން ވޯޓްލުމަށް ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ބައެއް ފޯމްތައްވެސް އެލިޔުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިހާދިސާ ހިނގާފައި މިވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް އުޅޭކަމަށް ބުނެ، އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.