ސޫރިޔާގެ މުސްލިމުންނާއި ދެކޮޅަށް ޤަތުލުޢާއްމު ހިންގަމުންދާ އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ޝިޢައީންގެ ރައީސް ބައްޝާރުލްއަސަދު ޝަރުތުތަކަކާއި އެކު ވެރިކަން ދޫކޮށްލަށް އެއްބަސްވެ އެކަށް އިރާޤުގެ ޝިޔަޢީ ބޮޑުވަޒީރު ނޫރީއަލްމާލިކީ މެދުވެރިކޮށް އެމެރިކާއަށް ހުށައެޅިކަމަށް ލުބުނާނުގެ ނޫހެއްކަމަށްވާ "އަލްމުސްތަޤުބަލު" އިން ހާމަކޮށްފިއެވެ. ނޫރީ އަލްމާލިކީގެ ގާތްފަރާތަކާއި ހަވާލާދީ އެނޫހުން ހާމަކުރާގޮތުގައި ބައްޝާރުގެ މިހުށައެޅުމަށް ވޮސިންޓަނުންވަނީ އިންކާރުކޮށްފައެވެ.
އަނެއްކޮޅުން އެނޫހުން ހާމަކުރާގޮތުގައި ބައްޝާރުގެ ހުށައެޅުމުގައި މައިގަނޑުގޮތެއްގައި ތަފާތު ޝަރުޠުތަކެއް ހިމެނެއެވެ. އެގޮތުން އިންތިޚާބެއް ބާއްވާ އެ އިންތިޚާބުގެ ޒަރިއްޔާއިން ވެރިކަށް ހަވާލުކުރުމާއި އަދި އޭނާގެ މައްޗަށް ޖިނާއީ އެއްވެސް ދަޢުވާއެއް ނުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ބައްޝާރާއި އޭނާގެ ޢައިލާއާއި ގާތްއެކުވެރިން ރައްކާތެރިކަމާއި އެކު އެހެންޤައުމަކަށް ދިއުމަށް ފުރުޞަތުދިނުންވެސް އޭނާވަނީ ޝަރުޠުކޮށްފައެވެ.
ސޫރިޔާގެ އެކިކަންކޮޅުތަކުގައި ބައްޝާރާއި ދެކޮޅަށް މުޖާހިދުންވަނީ ބޮޑެތި ކާމިޔާބުތަކެއް ހޯދާފައެވެ.
މަޞްދަރު: މަޖައްލަތުލްބަޔާން.

















ޝިޔައީއަކަސް ސުންނީއަކަސް މުސްލިމެއްކަމުގައިވާނަމަ ޢަރައްބަކު ހަނގުރާމައިގެ މައިދާނަކުން ނުފިލާނެއެވެ. އެވަރިހަމަ ކޮށައި ކުދިކުދި ކުރިއަސް! އެމީހުންނަކީ ކަލޭމެންކަހަލަ މީހުންނެއްނޫނެވެ. ކަލޭމެންނަކީ އަސްލު އޮޅުވާލާ ބައެކެވެ. ކަލޭމެންނަކީ ބަހުގެ ހަމަތަކާއި އުސޫލުވެސް ހިތަށް އެރިގޮތަކަށް ބަދަލުކޮސްގެން ލިޔެއުޅޭ ބައެކެވެ. އެމެރިކާ އަކީ ކަލޭމެން އެންމެ ރުޅިއަންނަ ކަމަށް ހެދިގެން އުޅޭ ޤައުމެވެ. އެކަމަކު ކަލޭމެން ހިތް އެދޭ ގޮތަށް ހަދައިލައިގެން އެމީހުން ޚަބަރެއް ގެނެސް ދޭއިރަށް ކަލޭމެން އެކަން ޤަބޫލުކުރާނެއެވެ. ސީރިޔާގެ މަސްއަލާގައި މުޅި ޔޫރަޕު އެއޮތީ ބައިބައިވެފައެވެ. އެހެންވީމާ ދެބޯގެރި ދުއްވައިގެންވެސް މުނާފިޤު ޚިޔާލުގެ މީހުން ދެނެގަތުމަކީ އެމީހުން ކުރާނެކަމެކެވެ.
އަވަހަށް ފިލޭތޯ ދޯ މިއުޅެނީ ޝައިތާނު… ނުވާނެ ދެން ސަލާމަތެއް.. އެތައް ހާސް މުސްލިމު އުޚުތުންގެ އިއްފަތް އެމީހުންގެ ފިރިންގެ ކުރިމަތީ ފޭރި، ތުއްތު މައުސޫމު ކުދިން މައިން ކުރިމަތީ ޤަތުލުކޮށްފަ ހުރި ދައްޖާލަކަށް ދެނެއް ސަލާމަތެއް ނެތް އިން ޝާ ﷲ
ނުލަފާ ޖާހިލު ޝައިތާން ބައްޝާރައް ﷲ އިރާދަކުރެއވްވިއްޔާ ހައްޤުވެގެންވާ އުޤޫބާތް ދެއްވާށި..
އެމެރެރިކާ އަކީ އެއްވެސް ހާލަތެއްގައި މުސްލިމުންނަށް ހެޔޮ އެދޭ ބައެއް ނޫންކަން އަބަދުވެސް ހަނދާން ކުރާތި
މުސްލިމު މުޖާހިދުންނަށް އަވަސް ކާމިޔާބެއް ދެއްވާށި.. އާމީން އާމީން