އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ އެހެން ދީނެއް ރާއްޖެ އަންނާނެކަމަށް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ "ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ ރާއްޖެ އަށް އިސްލާމް ދީން ނޫން އެހެން ދީނެއް އަންނާނެ ކަން ޔަގީން"ކަމަށެވެ.
ޑރ މުހައްމަދު ޖަމީލް އަހުމަދު މިފަދައިން ވިދާޅުވީ ފުވައްމުލަކު ދަނޑިމަގު އަވަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލް އިތުރަށް ވިދާޅުވީ "މައުމޫން އަބްދުގައްޔޫމްގެ ޒައާމަތުގައި އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުން" ކަމަށާއި "ޕީޕީއެމްގެ ސަރުކާރެއްގައި ވެސް އެންމެ އިސްކަމެއް ދޭނީ އެކަމަށް"ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...