ދީންސުވާލާއި ޖަވާބު

އަނބިމީހާއާއި ފިރިމީހާއާއި ދޭތެރެއަށް މައިދައިތަ ވަނުން

ސުވާލު: އަޅުގަނޑަކީ ހަލާލް ކައިވެންޏެއް ކޮށްގެން އުޅޭ މީހަކީމުއެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވި ކުޑަ މައްސަލައެއްގައި އަނބިމާހާގެ މަންމަ އަޅުގަނޑާއި ދިމާލަށް ވަރަށް ހުތުރުބަހުން އެއްޗެހިގޮވާ މަލާމަތް ކުރަނީއެވެ. އަދި އަޅުގަނޑުގެ ހަލާލު އަނބިމީހާ ވަރިކުރަން އަޅުގަނޑަށް މަޖުބޫރު ކުރުވަނީއެވެ. އަދި އެކި ގޮތްގޮތުން ދޭތެރެޖައްސާ އަޅުގަނޑާއި އަނބިމާހާ އާއި ބައްދަލުވިޔަ ނުދޭން މަސައްކަތް ކުރަނީއެވެ. އަދި ފިރިމީހާގެ ހުއްދައަކާއި ނުލާ އެހެން ހިލޭ ފިރިހެނުންގެ ގާތަށް އަނބިމީހާ ފޮނުވަނީއެވެ. އަދި އަނބިމާހާ އަޅުގަނޑާއި ބައްދަލު ނުކުރާށާއި، ހަލާލް އަންބެއްގެ ފަރާތުން ފިރިއަކަށް ދޭންޖެހޭ އެއްވެސް ކަމެއް ނުކޮށްދިނުމަށް އަމުރުކޮށް މަޖުބޫރު ކުރަނީއެވެ. މިގޮތަށް މަޖުބޫރު ކުރުވައިގެން އަނބިމީހާވެސް އެމީހުންގއ ބަހަށް ހެއްލި އެގޮތަށް މަސައްކަތް ކުރަނީއެވެ. އަޅުގަނޑުގެ ސުވާލަކީ މިފަދަ މާތް މަޤުސަދަކަށްޓަކައި ގުޅިފައިވާ ދެމީހުންގެ ތެރެއަށް މައިދައިތަ ވަދެ ފިރިމީހާގެ ހައްގުތަކާއި ވާޖިބުތައް އަދާނުކުރުމަށް ބާރުއެޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ އަދި ދީނީގޮތުން މިކަމުގައި އަނބިމީހާ ތަބާންޖެހޭނީ ފިރިމީހާއަށްތޯއެވެ؟ ނުވަތަ މައިދާއިތައަށްތޯއެވެ؟

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހުރިހާ ކުދިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަންހެން އަދި ފިރިހެން ކުދިން މިކަމުހައި ހަމަހަމަ ވެގެންވެއެވެ. ﷲ ގެ ވަޙީ ބަސްފުޅުގައިވެއެވެ. ( وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ) الإسراء/23، 24 މާނައަކީ: " ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުންކުރެ ކޮންމެ މީހަކު ނުވަތަ އެދެމީހުންކުރެ އެކަކު ކަލޭގެ ގާތުގައިވާ ހާލު މުސްކުޅިކަމާހަމައަށް ފޯރައިފިނަމަ އެދެމީހުންނަށް "أف" ވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑު ހަރުކޮށް ބަސްބުނެ ނޫޅޭ ހުށިކަމެވެ. އަދި އެދެމީހުންނަށް މާތް ބަހުން ބަސްބުނާ ހުށިކަމެވެ. އަދި އޯގާވެރިވމުގެ ގޮތުން، އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާށެވެ. އަދި މިފަދައިން ބުނެ ދުޢާކުރާށެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ވީހިދު އެދެމީހުން މިއަޅާ ބަލާ ބޮޑުކުރިފަދައިން އެދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ. " އަދިވެސް އެހެން އާޔަތެއްގައި ވަޙީ ކުރެއްވިއެވެ. ( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا ) النساء/36 މާނައީ: " ތިޔަބައިމީހުން މާތްﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއަށް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާހުށިކަމެވެ."

وروى البخاري (527) ومسلم (85) عن عَبْدِ اللَّهِ بن مسعود رضي الله عنه قَالَ سَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ ؟ قَالَ : الصَّلَاةُ عَلَى وَقْتِهَا . قَالَ : ثُمَّ أَيٌّ ؟ قَالَ ثُمَّ بِرُّ الْوَالِدَيْنِ . قَالَ : ثُمَّ أَيٌّ ؟ قَالَ الْجِهَادُ فِي سَبِيلِ اللَّهِ ) މާނައަކީ: ބުޚާރީ އާއި މުސްލިމުގައި ޢަބްދުﷲ ބިން މަސްޢޫދުގެ ފަރާތުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. " ތިމަން ކަލޭފާނުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ސުވާލު ދެންނެވީމެވެ. (މާތްﷲ ގެ ހަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. ދެން ކޮންކަމެއްތޯ ދެއްނުވުމުން ޙަދީޘްކުރެއްވިއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. ދެންކޮންކަމެއްތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރާ ހުށިކަމެވެ.)"

وروى البخاري (5971) ومسلم (2548) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي قَالَ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أَبُوكَ ) މާނައި: " ބުޚާރީއާއި މުސްލިމުގައި އަބޫހުރައިރާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. (މީހަކުއައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ސުވާލު ކުރެއްވެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށްހިތުން ޙައްޤުކަން ބޮޑީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ކަލާގެ މަންމައެވެ. ދެން ކާކުތޯ ސުވާލުދެއްނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެން ކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެން ކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ ބައްޕައެވެ."

އިސްވެދިޔަ އާޔަތްތަކުންނާއި ޙަދީޘްތަކުން ދޭހަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހުރިހާ ދަރިންގެ މައްޗަށް ލާޒިމު ކަމެއްކަމެވެ. މީގައި ފިރިހެން ކުއްޖެއް، އަންހެން ކުއްޖެއް ތަފާތުވުމެއް ނެތްކަމެވެ.

ދެން އޮތް މައްސަލައަކީ މައިން ބަފައިންނަށް ޒިޔާރަތްކުރުން ފިރިމީހާ މަނާކޮށްފިކަމަށް ވަނީނަމަ އަންހެންމީހާ ކަންތައް ކުރަންޖެހޭނީ ކޮންގޮތަކަށްތޯ ކުރެއްވި ސުވާލެވެ. މިކަމުހައި ދަންނަބޭކަލުންގެ މެދުގައި ކުޑަ ޚިލާފެއް އެބަހުއްޓެވެ. ޙަނަފީންނާއި މާލިކީން ދެކިލައްވާގޮތުގައި މައިންބަފައިންނަށް ޒިޔާރަތްކުރުމަށް މަނާ ކުރުމުގެ ބާރު ފިރިމީހާއަށް ލިބިގެން ނުވެއެވެ. އަދި ފިރިމީހާ އެފަދަ އަމުރެއް ކޮށްފިނަމަ އެއަމުރަކަށް ކިޔަމަންވާން ނުޖެހެއެވެ. އެހެންނަމަވެސް ޝާފިޢީންނާއި ޙަންބަލީން ދެކިލައްވަނީ ފިރިމީހާއަށް އެފަދަ ބާރެއް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މައިންބަފައިންނަށް ޒިޔާރަތް ކުރުމުގެ މަޤްޞަދުގައިވެސް ފިރިމީހާގެ އިޒުނައާއި ނުލައި ގެއިން ނިކުމެގެން ނުވާނެކަމަށެވެ.

ފިރިމީހާއަށް މިފަދަ ބާރެއް އިސްލާމްދީނުގައި ދެއްވާފައިވީނަމަވެސް މި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެއެވެ. އެހެނީ އަނބިމީހާގެ މައިންބަފައިންނަށް ޒިޔާރަތްކުރުމާއި އެމީހުންނާ ވާހަކަދައްކާ އުޅުން ޢުޒުރަކާލައިގެން މެނުވީ މަނާކޮށްގެން ނުވާނެއެވެ. މާނައަކީ ފިރިމީހާ، އޭނަގެ އަނބިމީހާގެ މައިންބަފައިންނަށް ޒިޔާރަތްކުރުން މަނާކުރަންވާނީ އޭގެ ސަބަބުން ގެއްލުމެއް މެދުވެރިވެދާނެކަމެއް ޔަޤީންވެއްޖެ ޙާލަތުގައި އެކަންޏެވެ. އެހެންނޫންނަމަ އެގޮތަށް ކަންތައް ކޮށްގެން ނުވާނެއެވެ.

މައިންބަފައިންނަށް ޒިޔާރަތް ކުރުމާއި އެމީހުންނަށް ޚިދުމަތް ކޮށްދިނުމުގެ ނިޔަތް އޮވެ، ފިރިމީހާ ނުޤަބޫލުވުމުގެ ސަބަބުން އެކަން ޙާޞިލް ނުކުރެވިއްޖެނަމަ މާތް ﷲ އޭނަގެ ނިޔަތަށް ޘަވާބު ދެއްވާނެއެވެ. ހެޔޮ ޢަމަލު ކުރަން ގަސްތުކޮށް، ޢުޒުރެއް މެދުވެރިވެގެން އެކަން ނުކުރެވިއްޖެކަމަށް ވަނީނަމަ އޭނާއަށް އެޢަމަލު ކުރި މީހެއްގެ ޘަވާބު ދެއްވާނެކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ.

ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނަގެ އަންހެނުންނަށް އިޙްސާންތެރިވުމެވެ. އަދި އަނހެނުންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ވާގިވެރިވުމެވެ. އެކަނބަލުންނާއެކު ހެޔޮގޮތުގައި އުޅުމަށް މާތްﷲ ވަނީ އަމުރު ކުރައްވާފައެވެ. ވަޙީ ކުރައްވަނީ ( وَعَاشِرُوهُنَّ بِالْمَعْرُوفِ ) النساء/19 މާނައަކީ: " (އަޚްލާޤީ ހަމަތަކާއި، އާދަކާދަ އާއި، ޝަރުޢީ ހަމަތައް ނިޔާކުރާ ގޮތުގެމަތިން) ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެއެވެ." އަނބިމީހާގެ މައްޗަށް ވާޖިބު ވެގެންވަނީ ފިރިމީހާ އަށް ކިޔަމަން ގަތުމެވެ. ކައިވެނި ކުރުމަށްފަހު ކިޔަމަން ގަތުމުގައި އިސްކުރަން ޖެހޭނީ ފިރިމީހާ އެވެ. والله أعلم -

ގުޅުންހުރި

6 ޚިޔާލު

  1. މިލިޔުމުގައި ކޮށްފަ އޮތް ސުވާލޢެި ޖަވާބު ދިމާނުވޭ. މިލިޔުމުން ހީވަނީ އަންހެން މީހާ އެހަދަނީ ރަގަނޅަށް ހެން. އެކަމު އޭނާއަށް ފިރިމީހާއަށް ކިޔަމަން ނުވީމަ ލިބޭނެ ފާފައެއް ނުލިޔެދެވޭ. ސުވާލަށް ރަގަނޅު ޖަބާބު ދިނުމަކީ އިލްވެރިނަށް މަޖްބޫރުކަމެންހެން އަޅުގަނޑަށް ހީވަނީ. ތިބާގެ މަސަކަތަށް ﷲ ރަހްމަތް ލައްވާށި. އާންމީން.

  2. އަޅުގަނޑުގެ ހަނދާންވާގޮތުން، ހަދީސެއްގައި އޮވޭ މާތް ﷲ ފިޔަވައި އެހެންފަރާތަކަށް ސަޖިދަކުރަން އަންގަވާނަމަ އެއްމެ ފުރަތަމަ ސަޖިދަކުރަން އަންގަވާނީ އަނބިން އެމީހުންގެ ފިރިންނަށް ކަމަށް. މިއީ ތެދެއްނަމަ އަނބިން ފިރިންނަށް ކިޔަމަން ގަތުން މައިންބަފައިންނަށް ވުރެއް އިސްކުރަން ޖެހޭކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ.

  3. މިފަދަ ސައިޓްތަކުގައި ކޮށްފައި ހުންނަ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ކޮންމެެވެސް އެއްޗެއް ލިޔެލާފައި ނިންމާލާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. މި ސުވާލުގެވެސް ޖަވާެބުގެ ބަދަލުަގައި ކޮންމެވެސް ވާހަކަތަކެއް ލިޔެ ނިންމާލީއެވެ. ސުުވާލުކުރުމުގެ ބޭނުމެއް ޙާޞިލެއް ނުވިއެވެ. މައިން ބަފައިން ފަދައިން ދަރިންނާއި ފިރިންނާއި އަނބިންެގެ ޙައްޤުވެސް ބާނެކަމަށް ދެކެމެވެ. އަދި މި ޖަވާބުން އުފެދޭ ސުވާލަކީ މައިން ބަފައިން ދަރިންނަށް ކޮންމެފަދަ އަމުރެއް ކުރިއަސް ކިޔަމަންވާން ޖެހޭތޯއެވެ.

  4. އެއޮތީނު އެންމެ ފަހު ފޮޅުވަތުގައި ” ކައިވެނި ކުރުމަށްފަހު ކިޔަމަން ގަތުމުގައި އިސްކުރަން ޖެހޭނީ ފިރިމީހާ އެވެ.” މިވަރުން ނޭނގުނުތަ؟

  5. މިލިޔުމުގައި ކޮށްފައި އޮތް ސުވާލާއި ޖަވާބު ދިމާ ނުވާ ހެން އަޅުގަނޑަށް ހީވަނީ އެހެނީ ތީގައި ތިވާ ގޮތުން އަހަންނަށް ހީވަނީ މައި ދައިތަ އެހަދަނީ ރަގަޅަށް ފިރިމީހާ އެއްވެސް އެއްޗަކަށް ނުވި ހައްގު ތަށް ހުރީ މައި ދައިތަގެ ފިރިމީހަަގެ ހައްގެއް ނެއް.

  6. ސުވާލު ކުރަން ހަދަންވީ ކިހިނެއްތޯ

Your email address will not be published. Required fields are marked *

More in ދީން