އައިޖީއެމްއެޗް މިސްކިތު ފަންޑު ފޮށި ވަގަށް ނެގި ދެ މީހުން ހޯދަނީ
އައިޖީއެމްއެޗް މިސްކިތު ފަންޑު ފޮށި ވަގަށް ނެގި ދެ މީހުން ހޯދަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފަންޑު ފޮށި ވަގަށް ނެގި ވީޑިއޯ އާންމުކޮށް ފުލުހުން ބުނެފައިވަނީ "އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ އައިޖީއެމްއެޗްގައިހުރި ފަންޑު ފޮށި ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ ދެ މީހުން ކަމަށާއި މިހާތަނަށް ބެލި ބެލުމުން ފަންޑު ފޮށި ވަގަށް ނަގާފައި ވަނީ ނިމިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ފަތިހު"ކަމަށް އެނގިފައިވާ ކަމަށެވެ.
ވީޑިއޯ: އައިޖީއެމްއެޗް ގެ މިސްކިތު ފަންޑު ވަގަށް ނަގަނީ
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި ފަންޑު ފޮށި ވަގަށް ނަގާފައިވަނީ ދެ ޒުވާނުންނެވެ. އެ ދެ ޒުވާނުންގެ ތެރެއިން އެކަކު ފަންޑު ފޮށި އުފުލާލައިގެން ޖެހިގެން ހުރި އާންމު ފާހާނާއެއްގެ ތެރެއަށް ވެއްދުމަށްފަހު އެތާނގެ ތެރެއިން ކަޅުކުލައިގެ ބޮޑު ކޮތަޅަކަށް ފޮށި ލައިގެން ފާހަނައިން ނުކުންނަ މަންޒަރު ފެނެއެވެ.
މި ފަންޑު ފޮއްޓަކީ އައިޖީއެމްއެޗްގެ މިސްކިތް ހެދުމަށް ބަހައްޓާފައިވާ ފޮއްޓެކެވެ. މީގެ ފޮށި އައިޖީއެމްއެޗްގެ އެކި ސަރަހައްދުގައި ބަހައްޓާފައިހުރެއެވެ.
އައިޖީއެމްއެޗް ގެ މިސްކިތު ފަންޑު ފޮށި ގެންދިޔަ ދެ ޒުވާނުންނާއި ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...