އަރަބިދުނިޔެއެފްރިކާ

އިޚްވާނުލް މުސްލީމީންގެ އެންމެ އިސްވެރިޔާ ހައްޔަރުކޮށްފި

މިޞްރުގެ ބަޣާވާތުގެ އިސްކަރިއްޔާއިން އެޤައުމުގެ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުރްސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާޢަތުގެ އެންމެ އިސްވެރިޔާ (މުރުޝިދުލްޢާއްމު) މުޙައްމަދު ބަދީޢު ހައްޔަރުކޮށްފިއެވެ.

މިއަދުގެ ހެނދުނު ކޮޅު ބަދީޢު ހައްޔަރުކުރީ މިމަހު 14ވަނަ ދުވަހު އަސްކަރިއްޔާއިން ޤަތުލުޢާއްމު ހިންގި ޤާހިރާގެ ރާބިޢަތުލް ޢަދަވީ މައިދާނާ ކައިރި ހިސާބެއްގެ އެޕާރޓްމެންޓެއްގައި އުޅުންވަނިކޮށްކަމަށް މިޞްރުގެ ބަޣާވާތުގެ އަސްކަރީ އިސްފަރާތަކާއި ހަވާލާދީ ނޫސްތަކުން ހާމަކޮށްފައިވާކަމަށް ޢަރަބިބަހުން ހިންގާ "އިސްލާމް މެމޯ" އޮންލައިން ސައިޓުން ވަނީ ހާމަކޮށްފައެވެ. އަދި އަނެއްކޮޅުން ބަދީޢު ހައްޔަރުކޮށްގެ އަސްކަރީ ވެހިކަލެއްގައި ގެންދަނިކޮށް ނަގާފައިވާ ފޮޓޯއެއްކަމަށް ބުނާ ފޮޓޯއެއް ސޯސަލް މީޑިޔާގައި ވަނީ ދައުރުވާ ން ފަށާފައެވެ.

މުޙައްމަދު ބަދީޢު ހައްޔަރުކޮށްގެން ގެންދިޔަކަށް މިޞްރުގެ ބަޣާވާތުގެ ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމާއި ޙަވާލާދީ "އަލްމިޞްރީ އަލްޔަވްމު" ނޫހުންވެސްވަނީ ހާމަކޮށްފައެވެ. އަދި ބަދީޢު ހައްޔަރުކޮށްގެން ގެންދިޔައީ "ޠަރާ" ޖަލު ހިމެނޭ ސަރަހައްދަށް ކަމަށާއި އޭނާއާއި އެކު އަސްކަރީ ބަޣާވާތާއި ދެކޮޅަށް ސުލުޙަވެރިކަމާއި އެކު ޙަރާކާތްތެރިވާ ޤައުމީ އެއްބައިވަންތަކަމު ގުޅުމުގެ އިސްފަރާތެއްކަމަށްވާ ޔޫސުފް ޠަލަޢަތުވެސް ގެންދިޔަކަމަށް ޚަބަރުތައްލިބެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިސްރުގައި ޢަބްދުލްފައްތާހު ސީސީ އާއި އޭނާގެ އަސްކަރީ ޓެރެރިސްޓުން، ހަތިޔާރުގެ މިޔައިން އިންސާނުންގެ ހަށިތައް ކަތިލައި ހެޔޮވިސްނޭ މީހުން ހައްޔަރުކުރަމުން ދިޔަކަމުގައިވިޔަސް އިސްލާމް ދީނަށް ރުޖޫޢުވުމުގެ ފިކުރަކަށް ނިމުމެއްނެތެވެ. އެބައިމީހުންނަކީ އުސޫލެއްގެ ވެރި ބަޔަކެވެ. ފިކުރެއްގެ ވެރިބަޔެކެވެ. މިސުރުގެ މައްސަލަައަކީ ވަކި މީހެއްގެެ މައްސަލައެްނޫނެވެ. މުޢަންމަދު ބަދީޢު ހައްޔަރުކުރުމަކުން އަދި ހަނުހިމޭން މުޒާހިރާގެ އަހުލުވެރިން މެރުމަކުން އެފިކުރެއް ނުނިމޭނެވެ. ދިވެހިރާއްޖޭގައި ގިނައީ އެހެންމީހުންގެ ސިކުޑިންވިސްނާ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން ސާބިތުކަމެއް ނުހުރެއެވެ.

Your email address will not be published. Required fields are marked *