މި އޯގަސްޓް މަހުގެ 14 ވަނަ ދުވަހު މިޞްރުގެ ވެރިރަށް ޤާހިރާގައި އެޤައުމުގެ ލާދީނީ ސެކިއުލަރ ބަޢާވާތުގެ އަސްކަރިއްޔާއިން ހިންގި ޤަތުލު ޢާއްމަށް ފަހު ހުޅަނގެ ޤައުމުތަކުން މިޞްރަށް ދެމުއް އައި މާލީ އެހީތައް ދިނުން ހުއްޓާލާނެކަމުގެ އިންޒާރު ދީފައިވަނިކޮށް އެކަމުގެ ސަބަބުން މިޞްރަށް މާލީގޮތުން ލިބޭ ކޮންމެ ގެއްލުމެއް ފޫބައްދާދޭނެކަމަށް ސަޢުދީ ޢަރަބިއްޔާއިން ހާމަކޮށްފިއެވެ.
" މިޞްރަށް އެހީތައް ދިނުން ހުއްޓާލާނެކަށް އިޢުލާނުކޮށްފައިވާ ފަރާތްތަކަށް ނުވަތަ މިފަދަ އިންޒާރުތައްދީ ބިރުގަންނަވާ ފަރާތަކަށް ބުނަމޭ މީހުންނާއި އަދި އެކިއެކި ވަޞީލަތް ތަކުން އުޖާލާވެފައިވާ ޢަރަބި އިސްލާމީ އުއްމަތް މިޞްރަށް އެހީތެރިކަމުގެ އަތް ފޯރުކޮށްދިނުމަށް ފަސްނުޖެހޭނޭ" ސަޢުދީގެ ރަސްމީ ނޫސްއެޖެންސީ އެޤައުމުގެ ޚާރިޖީ ވަޒީރު ސަޢުދުލް ފައިޞަލާ ޙަވާލަދީ ޢާއްމުކޮށްފައިވާ ބަޔާނެއްގައި ވެއެވެ.
ސަޢުދީ އަރަބިއްޔާއަކީ މިޞްރުގެ ލާދީނީ ސެކިއުލަރ އަސްކަރިއްޔާއިން އެޤައުމުގެ ޤުރުއާން ހިތުދަސް ރައީސް އައްސައްޔިދު މުޙައްމަދު މުރްސީ-اللهم فك أسره- ވެރިކަމާއި ދެކޮޅަށް ގެނައި ބަޣާވާތަށް އެންމެ ފުރަތަމަ މަރުހަބާކީ ޤައުމެވެ.
މަޞްދަރު: އިސްލާމް މެމޯ.
ކޮމެންޓް (0)
ލޯޑް ކުރަމުން...