މިޞްރުގެ ޝަރުޢީ ރައީސް އައްސައިދު އަލްޙާފިޒް މުޙައްމަދު މުރުސީ- اللهم فك أسره- ގެ މައްޗަށް އިތުރު ތުހުމަތު ތަކެއް ކޮށް އަނެއްކާވެސް އިތުރު 15 ދުވަސް ބަންދުގައި ބަހައްޓަށް ޖެހޭ މުއްދަތަށް އިތުރުކޮށްފިއެވެ. މިޞްރުގެ ޕޮރޮސްކިއުޓަރ ޖެނަރަލް މިގޮތަށް އަމުރުކުރީ މިދިޔަ ޑިސެމްބަރ ގެ ތެރޭގައި ރިޔާސީ ގަނޑުވަރު ކައިރީގައި އިދިކޮޅު ފަރާތަކުން ހިންގި ހަމަނުޖެހުންތަކާއި ގުޅޭ މައްސަލައެއްގައި ކަމަށް ނޫސްތަކުން މަޢުލޫމާތު ލިބެއެވެ.
އަނެއްކޮޅުން މިޞްރުގެ ރަސްމީ ނޫހުއްކަމަށްވާ "އައްޝަރުޤުލް އަވްސަޠު" ނޫހުން ހާމަކުރާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ އިތުރު މައްސަލައެއްގައި މުރުސީގެ ބަންދުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށްފައެވެ.
މިދިޔަ ޖޫން މަހު މިޞްރުގެ ލާދީނީ ސިކިއުލަރ ފަރާތަކާއި އަދި މުބާރަކުގެ އެން.ޑީ.ޕީ. ގެ އަޑީގައި ތިބެގެން މިޞްރުގެ އަނިޔާވެރި އަސްކަރިއްޔާގެ މަދަދާއެކު މުޙައްމަދު މުރުސީގެ ވެރިކަށް ބަޣާވާތަކުން ވައްޓާލުމަށް ފަހު މުރުސީ ވަނީ އަސްކަރިއްޔާއިން ހައްޔަރުކޮށްފައެވެ.
މަޞްދަރު: އިސްލާމް. މެމޯ
ޚިޔާލު