އަރަބިދުނިޔެ

"ބައްޕާއޭ މާޢަފުކުރައްވާށޭ އެކަމަކު މިހުރިހާ ލޭ އޮހޮރުމުގެ ސަބަބަކީ އަހަރެމެންގެ މުދަލޭ."

މުސްލިމު އުއްމަތުގެ އެންމެ މުހިއްމު އެއްޤައުމުކަމަށްވާ މިޞްރުގައި މިއަދު އެޤައުމުގެ މުސްލިމު ރައްޔިތުންނާއި ދެކޮޅަށް ކާފަރުންނާއި މުނާފިޤުންގެ އެހީތެރިކަމުގައި މިޞްރުގެ ލާދީނީ ސެކިއުލަރ އަސްކަރިއްޔާއިން ހިންގަމުން ގެންދާ އަނިޔާވެރި ޤަތުލުޢާއްމާ ދިމާއަށް މުޅިދުނިޔޭގެ ނަޒަރުވަނީ ހުއްޓިފައެވެ. އެއްބަޔަކު ޤަތުލުޢާއްމުކުވެރިކުރަމުންދާއިރު އަނެއްބަޔަކު ދަނީ ފާޅުގައި މިޤަތުލުޢާއްމަށް ތާއިދުކޮށް އެހީތެރިވަމުންނެވެ.

މިގޮތުން މިޞްރުގެ ލާދީނީ ސެކިއުލަރ އަސްކަރިއްޔާއިން މިދިޔަ ޖޫންމަހު އެޤައުމުގެ ރައީސް އައްސަޔިދު މުޙައްމަދު މުރުސީގެ –حفظه الله- ވެރިކަށް ބަޣާވަތަކުން ވައްޓާލުމުގައި އެންމެ ބޮޑަށް އެހީތެރިކަށް ފޯރުކޮށްދިން އެއްބަޔަކީ އެކުވެރިޢަރަބި އިމާރާތެވެ. ނުވަތަ މުޅިދުނިޔެއަށް މަޝްހޫރު ދުބާއީ އެވެ. އަދި އެއަށްފަހު މިދިޔަ ބުދަދުވަހުށްފެށިގެން މިޞްރުގެ އެކި ކަންކޮޅުތަކުގައި އެޤައުމުގެ ލާދީނީ ސެކިއުލަރ އަސްކަރިއްޔާއިން ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތަކަށް ފާޅުގައި ޢިމާރާތުގެ ޚާރިޖިއްޔާއިންވަނީ ތާއިދުކޮށްފައެވެ. އަދި މި ޤަތުލުޢާއްމުގެ ޒިންމާވާންޖެހޭނެ ފަރާތަކީ އިޚްވާނުލްމުސްލިމީންކަމަށް ވެސް އެޤައުމުންދަނީ ބުނަމުންނެވެ.

ނަމަވެސް ކުއްލިއަކަށް ދުނިޔޭގެ މީޑިޔާތަކުގައި ފެތުރިގެންދިޔަ ޚަބަރަކީ ދުބާއީގެ ޤަވަރުނަރ އަދި ޢަރަބި ޢިމާރާތުގެ ބޮޑުވަޒީރު މުޙައްމަދު ބްނު ރާޝިދު އާލްމަކްތޫމުގެ އަންހެން ދަރިފުޅު އޭނާގެ ބައްޕައާއި މުޚާތަބުކޮށް ފޭސްބުކުގައި މިޞްރުގެ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރިވާހަކައެވެ.

ދުބާއީގެ ގަވަރުނަރ ގެ އަންހެންދަރިފުޅު މަހްރާ ބިންތު މުޙައްމަދު ބްނު ރާޝިދު އާލްމަކްތޫމު އޭނާގެ ފޭސްބުކުގައި މިޞްރުގައި ހިގަމުންދާ ލޭއޮހިރުވުމާއި ބެހޭ ގޮތުން ލިޔެފައިވެއެވެ: " ބައްޕާއޭ. މާޢަފުކުރައްވާށޭ އެކަމަކު މިހުރިހާ ލެއެއްހޮރުމުގެ ސަބަބަކީ އަހަރެމެންގެ މުދަލޭ."

މަޞްދަރު: އިސްލާމް މެމޯ.ކޮމް

ގުޅުންހުރި

1 ޚިޔާލު

  1. މާތް ރަސްކަލާކޮ! އިސްލާމީ އުއްމަތް އެބައިވަންތަކޮށްދެއްވާން ދޭވެ! އިބަރަސްކަލާނގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަސްރު ދެއްވާ އެބައި މީހުންގެ ސަފުތައް ވަރުގަދަ ކުރައްވާން ދޭވެ! އަދި ކާފަރުންތައް ހަލާކު ކުރައްވާން ދޭވެ! ޢަމީން!

Your email address will not be published. Required fields are marked *