ރާއްޖޭގެ ޚަބަރު

ނަޝީދަކީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ އަދުއްވުން ފޮނުވާފައިވާ އެޖެންޓެއް: ޝައިޚް އިމްރާން

ރޭގެ ޖަލްސާގައި ޝެއިޚް އިމްރާން ވާހަކަފުޅުދައްކަވަނީ | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

ކުރީގެ ރައީސް މުޙައްމދު ނަޝީދަކީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ އަދުއްވުން ފޮނުވާފައިވާ އެޖެންޓެއް ކަމަށާއި ނަޝީދަށް ދޭ ވޯޓަކީ އިސްލާމް ދީން ފުހެލުމަށާއި ރާއްޖެ އަޅުވެތިކޮށް ނިކަމެތިކުރުމަށް ދޭ ފުރުސަތެއް ކަމަށް އަދާލަތުޕާޓީގެ ރައީސް އައްޝައިޚު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިހެން ވިދާޅުވީ ޖުމްހޫރީކޯލިޝަނުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިޚް އިމްރާން ވިދާޅުވީ "ނަޝީދަކީ އިސްލާމްދީނާއި، ގައުމިއްޔަތުގެ އަދުއްވުން، ދިވެހި ގައުމިއްޔަތާ ދެކޮޅު މީހުން، ދިވެހި ގައުމިއްޔަތުގެ މިނިވަންކަމަށް ފެންބޮވައިގެންފައިވާ މީހުން، އިސްލާމް ދީނާއި ގައުމިއްޔަތު ނެތިކޮށް ފަނާކޮށްލުމަށްޓަކައި ނިކަން ރަނގަޅަށް ތައްޔާރުކޮށް ރާއްޖެ ފޮނުވާފައިވާ އެޖެންޓެއް." ކަމަށެވެ.

މިކަމުގެ ހެކިދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ނަޝީދަކީ އެއްވެސް ވިޔަފާރިއެއް ނުވަތަ މިލްކިއްޔާތެއް ނެތް ބޭފުޅުއް ކަމަށާއި ނަަަމަވެސް އެހެން މީހުން އުޅެންޖެހޭނީ ބޮޑުލާރީގައި ހުނިޖަހައިގެން ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ބައިވަރު ފައިސާ ޚަރަދުކުރަމުންދާ ކަމަށެވެ. މިފައިސާ ނަޝީދު ހޯދާނީ ކޮންތާކުންތޯ އިމްރާން ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން މިއިންތިޚާބުގައި ނަޝީދަށް ދޭ ކޮންމެ ވޯޓަކީ އޭނާ ހިތުހުރި ގޮތަކަށް ކަންކުރަންދެވޭ ފުރުސަތެއް ކަމަށާއި އެއީ މިގައުމުން އިސްލާމްދީން ފޮހެލުމަށް ދެވޭ ވޯޓެއް ކަމަށް ވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. މިގަރުނުގެ އެންމެ ބޮޑު ތެދުތަކުގެ ތެރެއިން އެންމެ ބޮޑު އެއްތެދު

  2. ނަޝީދު އަމިއްލަފުޅަށް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުން އެބޭފުޅާގެ މަޤްޞަދު ހާމަވެގެންދާނެ ވިސްނާފިކުރުކުރާ ބަޔަކަށް. ޙަޤީޤީ އިސްލާމްދީނަކީ ހައްދުފަހަނައެޅުން ކަމުގައި ދެކިލައްވާއިރ،ު ޒަމާނާއެއްގޮތަށް ބަދަލުކޮށްގެން ހިތްނުރުހޭ ގޮތަށް ހުރި ދީނުގެ އުޞޫލުތަށް ބަދަލުކޮށްފައިވާ، މަސްހުނި ދީނަކަށް ނަޝީދު ތާއީދުކުރައްވާ. އެއްވެސް ޙައްދެއްނެތް މިނިވަންކަމަށް ނަޝީދު ގޮވާލާ.

Your email address will not be published. Required fields are marked *