އަރަބިދުނިޔެ މިޞްރުގެ ސެކިއުލަރ އަސްކަރިއްޔާއިން 40 މުސްލިމުން ޤަތުލުކޮށްލައިފި

މިޞްރުގެ ސެކިއުލަރ އަސްކަރިއްޔާއިން 40 މުސްލިމުން ޤަތުލުކޮށްލައިފި

މިޞްރުގެ ސެކިއުލަރ އަސްކަރިއްޔާއިން 40 މުސްލިމުން ޤަތުލުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ ސެކިއުލަރ އަސްކަރިއްޔާއިން ރަމްސީސް މައިދާނުގައި 40 މުސްލިމުން ޤަތުލުކޮށްލައިފިއެވެ.

މިދިޔަ ބުދަދުވަހު( 14-8-2013) މިޞްރުގެ ވެރިރަށް ޤާހިރާގެ ރާބިޢަތުލްޢަދަވީ މައިދާނާ އަދި "އައްނަހްޟަ" މައިދާނުގައި ހިންގި ޤަތުލުޢާއްމާއި ދެކޮޅަށް "ރުޅިވެރިކަމުގެ ހުކުރު" ގެ ނަމުގައި މިއަދު ހުކުރު ނަމާދަށް ފަހު މިޞްރުގެ އެކިކަންކޮޅުތަކުގައި ޞުލްޙަވެރިކަމާއި އެކު ބާއްވަމުން އަންނަ އެއްވުންތައް އެޤައުމުގެ ބާޣީ ސެކިއުލަރ އަސްކަރިއްޔާ އިން އަންނަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލަމުންނެވެ.

މިގޮތުން ޤާހިރާގެ "ރަމްސީސް" މައިދާނުގައި އެއްވެފައިވާ ޢާއްމު މުސްލިމު ރައްޔިތުންނާއި ދެކޮޅަށް އަސްކަރީ ތިން ހެލިކޮޕްޓަރުން ވަނީ ޙަމަލާދީފައެވެ. އަދި މީގެ އިތުރުން އެއްވެފައިވާ މީހުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން މަރުވި ކުށެއް ނެތް މުސްލިމުންގެ ޢަދަދުވަނީ ސާޅިހަށް އަރާފައެވެ. އަދި މިޙަމަލާތަކުގައި 250 މީހުން ޒަޚަމުވެފައިވެފައެވެ. މިމީހުންގެ ތެރޭގައި އިޚްވާނުލްމުސްލިމީންގެ އިސްބެފުޅެއްކަމަށްވާ ޖަމާލު ހަޝްމަތުވެސް ހިމެނޭކަމަށް ޚަބަރުތައްވަނީ ފެތުރިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.