ދުނިޔެ މަދަނީ ބަސްނޭހުމަކަށް ދިއުމަށް މުސްލިމް ބްރަދަހޫޑުން ގޮވާލައިފި

މަދަނީ ބަސްނޭހުމަކަށް ދިއުމަށް މުސްލިމް ބްރަދަހޫޑުން ގޮވާލައިފި

މަދަނީ ބަސްނޭހުމަކަށް ދިއުމަށް މުސްލިމް ބްރަދަހޫޑުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ ބާޣީ ސަރުކާރާ ދެކޮޅަށް މަދަނީ ބަސްނޭހުމަކަށް ރައްޔިތުން ދިޔުމަށް މުސްލިމް ބްރަދަހޫޑުން ގޮވައިލައިފިއެވެ.

ބަޣާވާތަކުން މިޞްރުގެ ވެރިކަމުން ދުރުކޮށްފައިވާ ރައީސް މުހައްމަދު މުރްޞީއަށް ތާޢީދު ކޮށް އެއްވެ ތިބި އެ ގައުމުގެ ރައްޔިތުން މިދިޔަ ބުދަ ދުވަހު އެތަނުން ފައްސާލުމަށް އަސްކަރިއްޔާއިން ބާރުގެ ބޭނުން ކޮށް 2600 އެއްހާ ރައްޔިތުން މަރާލުމާ ގުޅިގެން މިއަދުގެ ހުކުރު ނަމާދަށް ފަހު މަދަނީ ބަސްނޭހުމަކަށް ދިޔުމަށް ގޮވައިލައިފައި ވަނީ އިއްޔެ މުސްލިމް ބްރަދަހޫޑްގެ ތަރުޖަމާނު ޖިހާދު އަލް ހައްދާދު ކުރެއްވި ޓްވީޓެއްގައެވެ.

މިޞްރުގެ މިސްކިތްތަކުން ހުކުރުނަމާދު ކުރުމަށް ފަހު ރަމްސިސް މައިދާނަށް އެއްވުމަށް މުސްލިމް ބްރަދަހޫޑުން ގޮވާލައިފައި ވެއެވެ.

މަދަނީ ބަސްނޭހުމަކަށް ދިއުމަށް ގޮވާލައިފައި ވާއިރު އިއްޔެ އަކީ މިޞްރުގެ ބާޣީ ސަރުކާރުން އެގަުމުގެ އެތައް ހާސް ރައްޔިތުންނެއް މަރާލުމަށް ފަހު ކާފިއު އިޢުލާނު ކޮށް އެކަމަށް ޢަމަލު ކުރަން ފެށި ފުރަތަމަ ދުވަހެވެ.

މުސްލިމް ބްރަދަހޫޑްގެ މި ގޮވާލުމަށް ފަހު އަސްކަރިއްޔާގެ ކޮމާންޑަރުން ވަނީ ސަރުކާރުގެ އެއްވެސް ޢިމާރާތްތަކަށް ގެއްލުންދީފިނަމަ އެފަދަ ފަރާތްތަކަށް ޙަމަލަދޭން ފަސްނުޖެހޭނެކަމަށް ބުނެ އިންޒާރު ދިފައެވެ.

"މުސްލިމް ބްރަދަހޫޑް" އަކީ މަގާމުން ދުރުކޮށްފައިވާ މިޞްރުގެ ރައީޞް މުހައްމަދު މުރްޞީ ނިސްބަތްވެ ވަޑައިގަންނަވާ ޖަމާޢަތެކެވެ. - އަލްޖަޒީރާ

ފޮޓޯ: ރޮއިޓާރސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.