އދ .ގެ އެޓަމިކް އެނަޖީރ އާއި ބެހޭ އޮފީހުގެ ކުރީގެ ވެރިޔާ މުޙައްމަދު އަލްބަރުދާޢި އަކީ ބޭރުދުނިޔެގެ ޚަބަރުތައް ބަލާ މީހުންނަށް އާމޫނެއްނޫނެވެ. 2003 ގެ އިރާޤު ހަނގުރާމައާއި އީރާނުގެ ނިއުކުލިޔަރ މައްސަލާގައި އެދުވަސްވަރު ޓީވީ ތަކުން އޭނާ ވަރަށް ގިނައިން ފެނެއެވެ. 25 ޖެނުއަރީ 2011 ގައި މިޞްރުގެ ކުރީގެ ސެކިއުލަރ ރައީސް ހުސްނީ މުބާރަކާ ދެކޮޅަށް އެޤަމުގައި މުޒާހަރާތައް ކުރެވުނު ދުވަސްވަރު މިޞްރުގެ ސިޔާސީ މައިދާނަށް އަލްބަރުދާޢީ ވަނެވެ. އަދި އެދުވަސްވަރު "އައްދުސްތޫރު" ކިޔާ ސިޔާސީ ޕާރޓިއެއް އުފެއްދިއެވެ. ކޮންމެއަކަސް މުބާރަކުގެ ވެރިކަށް ވެއްޓި ހުޅަނގުބުނާ ދިމިޤުރާތި ހަމަތަކުން މިޞްރުގައި އިންތިހާބުވި ފުރަތަމަ ރައީސް އައްސަޔިދު މުޙައްމަދު މުރުސީގެ ވެރިކަމާއި ދެކޮޅަށް އެޤައުމުގެ ލާދީނީ ޖަމާޢަތްތައް "އައްދަމަރުދު" ގެ ނަމުގައި ހިންގި ހަމަނުޖެހުންތަކުގެ އެންމެ އަޑިގައި ހުރި އެކަކީވެސް އަލްބަރުދާޢީ އެވެ.
އިސްވެބަޔާންވެދިޔަ ޙަރަކާތަށް މިޞްރުގެ އަސްކަރިއްޔާއިން ތާއިދުކޮށް މުރުސީގެ ވެރިކަށް ޖޫން މަހުތެރޭ ވައްޓާލާ އުފެއްދި ބަޣާވާތުގެ ސަރުކާރުގެ ބޮޑުވަޒީރަކަށް އެންމެ ފުރަތަމަ ހަމަޖައްސަށް އުޅުނީވެސް އަލްބަރުދާޢީ އެވެ. ނަމަވެސް ބަޣާވާތަށް ތާއިދު ކުރި އިސްކަދަރިއްޔާއަށް ނިސްބަތްވާ "އަންނޫރު" ޕާޓީ އެކަމާދެކޮޅު ހެދުމުން އެންމެފަހު އޭނާ ވެގެންދިޔައީ މިޞްރުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ނައިބްރައީސްކަމުގައެވެ.
ނައިބުރައީސްކަމުގައި ހުރެގެން އޭނާވަނީ މިޞްރުގައި ހިންގާފައިވާ ޤަތުލުޢާއްމުތަކުގައި ބައިވެރިވެފައެވެ. އަދި ބުދަދުވަހު(14-8-2013) ޤާހިރާގައި ހިންގި ބޮޑުޤަތުލުޢާއްމަށް ފަހު އިސްތިޢުފާދީ އެކަމުން ރެކެން މަސައްކަތް ކުރިއަސް އަލްބަރުދާޢި ވަނީ މިޞްރުގެ މުސްލިމުންގެ ލެއިން ތަންތެޅިފައެވެ.
ފާއިތުވި ދުވަސްތަކުގައި އަލްބަރުދާޢީ ވަނީ ޒައިނިސްޓު ޔަހޫދީން ފަލަސްތީނުން ހިފާފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައެވެ. މިއީ އެއްވެސް ކަމަކީ ހަޤިޤަތުގައި އެކަމާ މާބޮޑަކަށް މީސްތަކުން ހައިރާވާން ކަންކަމެއްނޫނެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކުރުވަނިވި ކަމެއް މިއަހަރުގެ ފިތުރުޢީދު ދުވަހު އަލްބަރުދާޢީ ވަނީ ކޮށްފައެވެ. އެއީ ތޯއެވެ؟!
އެއީ އަޒްހަރުގެ ޤަދީމި މިސްކިތުގައި މިއަހަރުގެ ޢީދުނަމާދު އަލްބަރުދާޢީ ކުރި އިރު ގިނަ ސުންނީ ނަމާދުކުރާ ގޮތާ ޙިލާފަތް އޭނާ ގެ ދެއަތް ހުރީ ދޫކޮށްލާފައެވެ. މިކަމާބެހޭގޮތުން ނަމާދަށް ފަހު މީހުން ސުވާލުކުރުމުން އަލްބަރުދާޢީގެ ޖަވާބަކަށްވީ " އަހަރެން ބޭރުފުށަށް ފާހަގަވެފައިވަނީ ސުންނީއެއްގެ ގޮތުގައެވެ. ނަމަވެސް އަހަރެންގެ ޢަޤީދާ އަކީ ޝިޔަޢީން ގެ ޢަޤީދާއެވެ."
އަނެއްކޮޅުން އަލްބަރުދާޢީ ގެ އަންހެނުންނަކީ އިރާނަށް އުފަށް މީހެކެވެ. އަދި އޭނާއަކީ އިރާނުގެ އެންމެ މަތީ މަޖްލިސްކަމަށްވާ އެސެންބުލީ އޮފް އެކްސްޕާރޓްސް ގެ ރައީސް މުޙައްމަދު ރިޟާ މަހްދަވީ ގެ ބޮޑުބޭބެގެ ދަރިއެކެވެ. ހަމައެގޮތަށް އިރާޤުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމަށް އަލްބަރުދާޢީ ވަނީ އެމެރިކާއާއި އެކު އެއްބަސްވެފައެވެ. ނަމަވެސް އިރާނުން ކުރިއަށް ގެންދާ ނިއުކުލިއަރ ޕޮރޮގުރާމަކީ އެއީ ސުލްޙަވެރިއެއްޗެއް ކަމަށް އަލްބަރުދާޢީ ސިފަކޮށްފައި ވުމުން އޭނާ އަކީ ޝިޔަޢީއެއްކަށް ހާމަވެގެންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...