އެފްރިކާ މިޞްރުގެ މުސްލިމުންނާއި ދެކޮޅަށް ޤަތުލުޢާއްމު ހިންގުމަށް ފަހު އެޤައުމުގެ އަސްކަރީވެރިޔާ އައްސީސީ ފިލައިފި

މިޞްރުގެ މުސްލިމުންނާއި ދެކޮޅަށް ޤަތުލުޢާއްމު ހިންގުމަށް ފަހު އެޤައުމުގެ އަސްކަރީވެރިޔާ އައްސީސީ ފިލައިފި

މިޞްރުގެ މުސްލިމުންނާއި ދެކޮޅަށް ޤަތުލުޢާއްމު ހިންގުމަށް ފަހު އެޤައުމުގެ އަސްކަރީވެރިޔާ އައްސީސީ ފިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިއްޔެ (14-8-2013) ގައި މިޞްރުގެ މުސްލިމުންނާއި ދެކޮޅަށް ޤާހިރާގެ "ރާބިޢަތުލްޢަދަވީ"މައިދާނާއި އަދި "އައްނަހުޟަ" މައިދާނުގައި އެޤައުމުގެ ލާދީނީ ސެކިއުލަރ އަސްކަރިއްޔާއިން ހިންގި ރަޙުމުކުޑަ ޤަތުލުޢާއްމަށް ފަހު އަސްކަރީވެރިޔާ އަދި ބަޣާވާތުގެ ސަރުކާރުގެ ދިފާޢީވަޒީރު ޢަބުދުލްފައްތާހު އައްސީސީ –اللهم عليك السيسي- ފިލައިފިކަމަށް އުރުދުނުގެ އެންމެ ބޮޑު އެއްނޫސްކަމަށްވާ "އައްޞަވްތު" ނޫހުން ހާމަކޮށްފިއެވެ.

މިޞްރާއި އަދި ދުނިޔެގެ ބައެއް ނޫސްއެޖެންސީތަކާއި ޙަވާލާދީ އުރުދުނުގެ "އައްޞަވްތު" ނޫހުން ވަނީ ބުދަދުވަހު ހެނދުނު އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޤަތުލުޢާއްމަށް ފަހު ސީސީ އާއި އަސްކަރިއްޔާ އައި ދެމެދު މުޢަމާލާނުކުރެވޭކަށް ކަށަވަރުކޮށްދީފައެވެ.

އަނެއްކޮޅުން އެމެރިކާއިން  އައްސީސީ އާއި ފޯނުން ގުޅުމަށް މިހާތަނަށް ކުރިހުރިހާ މަސައްކަތެއް ނާކަމިޔާބުވެފައިވާކަމަށް އެޤައުމުގެ ސިޔާސީ މަސްއޫލުވެރިއެއް ކަށަވަރުކޮށްދީފައިވާކަމަށްވެސް އެނޫހުގައި ހާމަކޮށްފައިވެއެވެ. އަދި އެހެންކަމުން ސީސީ ޤަތުލުވެފައި ނުވަތަ ޒަޚަމުވެފައިވުން އެކަށީގެންވާކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

މަޞްދަރު: އައްޞަވްތު ނޫސް / އުރުދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.