ފަލަސްޠީނުގެ މިނިސްޓްރީ އޮފް ޑީޓެއިނީސް އެފެއާޒްގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހާމަކުރެއްވި ގޮތުގައި 2010 ވަނަ އަހަރު ނިމުމަކަށް އައިސްފައިވާއިރު، ފަލަސްޠީނުގެ 1100 ކުޑަކުދިން ވަނީ އިޒްރޭލުން ހައްޔަރުކޮށްފައެވެ. އެ މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އޭގެތެރެއިން ގިނަ ކުދިން ހައްޔަރުކޮށްފައިވަނީ، ހިފައިފައިވާ އިރުމަތީ އޫރުސަލީމާއީ، ހިބްރޫނުންނެވެ.
ފަލަސްޠީނުގެ ޑީޓެއިނީސް އެފެއާޒް މިނިސްޓަރު ނެރުއްވި ރިޕޯޓުގައި ވިދާޅުވެފައި ވަނީ ހައްޔަރުކުރެވިފައިވާ ކުދިންވެސް އެ ރަމްޒުކޮށްދެނީ، ކޮންމެ ދުވަހަކުހެން ޔަހޫދީން އެމީހުން ހިފައިފައިވާ ބިންތަކުގައި ކުރިޔަށް ގެންދާ އުދުވާންތަށް ކަމަށެވެ. އެރިޕޯޓުގައި ވާގޮތުން އެންމެ ގިނަ ކުދިން ހައްޔަރުކޮށްފައިވަނީ އިރުމަތީ އޫރު ސަލީމުންނެވެ. އެއީ 500 ކުދަކުދިންނެވެ. ދެން އެޔަށްފަހު އެންމެ ގިނަ ކުދިން ހައްޔަރުކޮށްފައިވަނީ ހިބްރޫނުންނެވެ.
މިނިސްޓްރީން ނެރުނު ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޔަހޫދީން ދަނީ ފަލަސްޠީނުގެ ކުޑަކުދިން މުޖާހިންދުންގެ ހަމަލާތަކުން ދިފާއުވުމުގެ ގޮތުން ޝީލްޑްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އަދި އޭޕްރީލް 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ހިޔުމަން ޝީލްޑްގެ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން 16 ކުއްޖަކަށް ވަނީ އެކި ވަރުގެ ގެއްލުންތަށްވެސް ލިބިފައިކަމަށް އެ މިނިސްޓްރީން ހާމަކުރެއްވި ރިޕޯޓުގައި ބުނެފައިވެއެވެ.
ހަމަލާތަކުން ދިފާއުވުމަށް އިންސާނުން ބޭނުން ކުރުމަކީ ބައިނަލް އަޤްވާމީ ގާނޫނުތަކުގެ އިތުރުން އިޒްރާއިލުގެ ޤާނޫނުގައިވެސް މަނާކަމަކެވެ. ނަމަވެސް އެމީހުންގެ އަމިއްލަ އަތުން ހެދި އެ ޤާނޫނުތަކާވެސް އެމީހުން ދަނީ ޚިލާފުވަމުންނެވެ.

















ޚިޔާލު