ރާއްޖޭގެ ޚަބަރު އެއްދީންވަންތަކަމާއި އަމާންކަން ނެތިކޮށްލި ބައަކަށް ވެރިކަން ދީގެންނުވާނެ: ޝައިޚް އިލްޔާސް

އެއްދީންވަންތަކަމާއި އަމާންކަން ނެތިކޮށްލި ބައަކަށް ވެރިކަން ދީގެންނުވާނެ: ޝައިޚް އިލްޔާސް

އެއްދީންވަންތަކަމާއި އަމާންކަން ނެތިކޮށްލި ބައަކަށް ވެރިކަން ދީގެންނުވާނެ: ޝައިޚް އިލްޔާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި އެއްދީންވަންތަކަމާއި އަމާންކަމާއި އެކުވެރި އެއްބަނޑު އެއްބަފާކަމުގެ ރޫހަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށްވެފައި ވަނިކޮށް އެކަންކަން އަޅުގަނޑުމެންގެ ތެރެއިން ނެތިކޮށްލި ބައަކަށް މިޤައުމުގެ ވެރިކަމުން ދެން އަލުން ވެރިކަމުގެ ފުރުޞަތު ދީގެންނުވާނެ ކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް އިތުރަށް ވިދާޅުވީ ރާއްޖެއަށް މިއަދު ބޭނުންވަނީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ނަގަހައްޓާނެ އަދި އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދެއްވާނެ ލީޑަރެއް ކަމަށެވެ.

ދިވެހިންނަށް މާތްﷲ މިންވަރު ކުރައްވަވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ކަމަށާއި މިޤައުމުގައި އިސްލާމް ދީނާއި ކުޅެން މިހައިތަނަށް މަސައްކަތް ކުރި ކޮންމެ ބައަކުވެސް މާތްﷲ ވަނީ ނިކަމެތި ކުރައްވަވާފައި ކަމަށް ވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިޚް އިލްޔާސް ވިދާޅުވީ މިއަދު މިޤައުމަށް ބޭނުންވަނީ އިސްލާމް ދީން ޙިމާޔަތް ކުރައްވާނެ ކަމަށް ވިދާޅުވާ ލީޑަރުން ނޫން ކަމަށާއި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދެއްވާނެ ލީޑަރަކު ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.