ރާއްޖޭގެ ޚަބަރު ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ އަންނަ އަންގާރަ އަދި ބުދައިގައި

ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ އަންނަ އަންގާރަ އަދި ބުދައިގައި

ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ އަންނަ އަންގާރަ އަދި ބުދައިގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮންމެ އަހަރު ވެސް ގްލޯނެޓުން ބާއްވަމުން އަންނަ ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދަރުބާރު ގޭގައި ބާއްވާ މި ފެއާގައި މި އަހަރު ވެސް 19 ޔުނިވަސިޓީ/ކޮލެޖަކުން ބައިވެރިވާން ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި މެލޭޝިޔާގެ ސަންވޭ ޔުނިވަސިޓީ އާއި ޓޭލާސް އާއި ނިލާއީ އާއި ކޭބީޔޫ ޔުނިވަސިޓީ ހިމެނެ އެވެ. އަދި ނޭޕާލްގެ ނޯބެލް މެޑިކަލް ކޮލެޖާއި އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަސިޓީ އާއި ސްރީލަންކާގެ އޭޕީއައިއައިޓީ ވެސް މި ފެއާގައި ބައިވެރި ވެ އެވެ.

މިއީ މި އަހަރު ގްލޯނެޓުން ބާއްވާ މި ފަދަ ދެވަނަ ފެއާ އެވެ. ބޭރުގެ ޔުނިވަސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ބާއްވާ މި ފެއާ މީގެ ކުރިން 12 ފަހަރު ބާއްވައިފައި ވާއިރު މި ފެއާއަށް އާއްމުންގެ ވަރަށް ބޯޑުތަރުހީބެއް ލިބޭކަމަށް ގްލޯނެޓުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.