ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރަމުންދަނީ ހުއްދަ ނެތް އިމާމުން ކަމަށާއި އެކަން ހުއްޓުވަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިކަމާ ބެހޭގޮތުން ޑރ ޝަހީމް ސަން އޮންލައިންގައި ވިދާޅުވެފައިވަނީ ދަރުމަވަންތަ މިސްކިތުގައި އެހެން މިސްކިތްތަކާ ހިލާފަށް ހުކުރު ކުރަމުންދާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށާއި އެ މިސްކިތުގައި ހުކުރު ކުރަނީ އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައިނުވާ އިމާމުން ކަމަށެވެ.
އަދި ހުތުބާ ކިޔަނީ އެހާ ރަނގަޅަށް ކިޔަވައިގެން ތިބި މީހުން ނޫންކަމަށާއި އެބޭފުޅުންގެ ހުތުބާތަކުގައި ހަރުކަށި ވާހަކަތައް ދައްކާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ ޝަހީމް ވިދާޅުވީ އެކަން ހުއްޓުވަން ބަލާ އިރު މިސްކިތްތައް މިހާރު ހުންނަނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިކަމުން އެމިސްކިތަކުގައި ކުރާ ނޭދެވޭ ކަންކަން ހުއްޓުވުމުގެ ބާރު ލިބެނީ ވަނީ މާލޭގައި ނަމަ، މާލެ ސިޓީ ކައުންސިލަށް ކަމަށެވެ.
އަދި ތަފާތު އިލްމެރިން މެދުވެރިކޮށް އެގޮތަށް ނަމާދުކޮށް ހަދާ ފަރާތްތައް އިސްލާހުކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ޑރ ޝަހީމް ސަން އޮންލައިންގައި ވިދާޅުވިއެވެ.

















advertisment
ޚިޔާލު