ރާއްޖޭގެ ޚަބަރު އަރަބިއްޔާގެ މައްސަލާގައި ސްކޫލު ބޯޑުން ޤަރާރެއް ނެރެފި

އަރަބިއްޔާގެ މައްސަލާގައި ސްކޫލު ބޯޑުން ޤަރާރެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަރަބިއްޔާގެ މައްސަލާގައި ސްކޫލު ބޯޑުން ޤަރާރެއް ނެރެފިއެވެ.

ދިއިސްލާމްއަށް ކޮޕީއެއް ލިބިފައިވާ މިޤަރާރަކީ އަރަބިއްޔާ ސްކޫލު ބޯޑުގެ ފަރާތުން ނެރެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އަށް ކޮޕީކޮށް ފޮނުވާފައިވާ ޤަރާރެކެވެ. މިޤަރާރުގައި އަރަބިއްޔާގެ މައްސަލައަށް ފެށުނީންސުރެއް ކަންތައް ގޮސްފައިވާގޮތް ބަޔާންކޮށްފައިވެއެވެ.

ޤަރާރުގައިވަނީ، "ޢަރަބިއްޔާއަކީ ވެސް ދިވެހި ދަރީންތަކެއް ތަޢުލީމު ޙާޞިލުކުރަމުންދާ މަދަރުސާއަކަށް ވުމުގެ އިތުރުން، މިއީ ދިވެހި ރާއްޖޭގައި ހުރި އިސްލާމީ ތަޢުލީމު ޙަޤީޤީ މާނައިގައި ދޭ ހަމައެކަނި މަދަރުސާކަމަށްވާތީ، މި މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް ބޯޑާއި މެނޭޖްމަންޓްގެ އެދުމާ އެއްގޮތަށް އަދި ރައީސުލް ޖުމްހޫރިއްޔާ އާއި އެޑިޔުކޭޝަން މިނިސްޓަރު ވެސް މި ސްކޫލްގެ ބޯޑަށް ޔަޤީންކަން ދެއްވާފައިވާ ގޮތުގެ މަތީން، ޢަރަބިއްޔާގެ އައު ޢިމާރާތުގެ ކަންތައް ހަމަޖައްސަވައި ދެއްވައި، 2011 ވަނަ އަހަރު މި މަދަރުސާ އަށް ވަންނަން އެދިފައި ތިބި، 136 ކުދިންނަށް އަންނަ އަހަރު، މި ސްކޫލަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދި ސަރުކާރުގައި ދެންނެވުމަށް މި ޤަރާރު ފާސްކުރީމެވެ." މިފަދައިންނެވެ.

މިޤަރާރު އެކީގައި ވިދާޅުވޭ!

ޓެގް

އަރަބިއްޔާ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.