އަނގޮޅިތީމް ސްކޫލްގެ އިންޓަރ ހައުސް ޤުރުއާން މުބާރަތް ފަށައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އަނގޮޅިތީމް ސްކޫލްގެ ފަރާތުން މުޙައްމަދު ޝަފީޤް ވިދާޅުވީ މިއަދު ފެށި ޤުރުއާން މުބާރާތަކީ 2 ދުވަހުގެ މުއްދަތަކަށް 4 ދަންފަޅިއަކަށް ބަހައިލާގެން ސްކޫލުގެ ހައުސްތަކުގެ މެދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
ޝަފީޤް އިތުރަށް ވިދާޅުވީ ޕްރީ ސްކޫލް ދަރިވަރުންގެ ކިޔެވުން މިއަދު ނިމިފައި ވާކަމަށާއި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެނީ ސްކޫލުގެ ދެ މުދައްރިސްއެއްގެ އިތުރުން މާލޭގެ ހާފިޒެއް ކަމަށެވެ.
މީގެ އިތުރުން އަނގޮޅިތީމް ސްކޫލްގައި މިއަދު ފެށުނު ޤުރުއާން މުބާރާތް ހައުސްތަކުގެ މެދުގައި ވަރަށް ވާދަވެރިކަމާއެކު ކުރިއަށް ދާކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ.

















advertisment
ޚިޔާލު