ފަގީރުންގެ ގޮތުގައި 13 ހާހަށް ވުރެ ގިނަ މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓްރީގެ ޕާމެނަންޓް ސެކެޓްރީ މުހައްމަދު ދީދީ ވީނިއުސް ގައި ވިދާޅުވެފައިވަނީ އިއްޔެގެ ނިޔަލަށް 39،049 މީހުން ފިތުރު ޒަކާތް ދައްކާފައި ވާކަމަށާއި ފިތުރުޒަކާތް ބަލައިގަތުން ރޯދަމަހުގެ 27 ހާއި ހަމައަށް އިތުރުކޮށްފައި ވާކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަތުމާއި ފަގީރުންގެ ގޮތުގައި ނަން ނޯޓުކުރުމަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނަނީ ހެނދުނު 9:30 ން ފެށިގެން މެންދުރުފަހު 1:00 ށް ކަމަށް ވެސް މުހައްމަދު ދީދީ ވިދާޅުވިއެވެ.
މާލޭގައި ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަންނައިރު ވިލިމާލޭގައި ޒަކާތް ބަލާގަންނަނީ ވިލިމާލޭ ސިޓީ ކައުންސިލްގެ އޮފީހުން އަދި ހުޅޫމާލެގައި ޒަކާތް ބަލައިގަންނަނީ އެޗްޑީސީގެ އޮފީހުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...