ބޯދާ ޒަމާނުގައި ހިނގާފައި ހުރި ކަންތައްތައް އެއީ އިސްލާމީ ގޮތް ކަމަށް ބުނެ ގެންނަކަންތައްތަކުން އަންހެނުންގެ ރޯލް ފަހަތަށް ޖެހެމުންދާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ އާމާލް އަލީ ވިދާޅުވެއްޖެއެވެ.
ޑރ އާމާލް މިހެން ވިދާޅުވީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް އުފައްދާފައިވާ ޖަމިއްޔާ، "ހޯޕް ފޯ ވިމެން" އިން ތައްޔާރުކުރި ފޮތްތަކެއް ނެރުމަށާއި އެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗުކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ އާމާލް އިތުރަށް ވިދާޅުވީ ދީނީ ގޮތުން އަންހެނުންނާ މެދު ދެކޭ ގޮތް، މައުލޫމާތުގެ ގޮތުން ވަރަށް ބޮޑަށް ފުށު އަރާފައިވާ ކަމަށާއި ދީނީ ގޮތުން އަންހެނުންނާ މެދު ދެކޭ ގޮތް، މައުލޫމާތުގެ ގޮތުން ވަރަށް ބޮޑަށް ފުށު އަރާފައިވާ ކަމަށެވެ.
"އަޅުގަނޑު ކިޔަވައިދިން ބައެއް ދަރިވަރުން މިހާރު ވެސް ބުނޭ ޓެކްސީއަކަށް އަރައިފިއްޔާ ވަކި ކަހަލަ ހުތުބާއެއް އިވޭ ވާހަކަ. ބައެއް ކަހަލަ ޖަލްސާއަކަށް ގޮސްފިއްޔާ ބައެއް އަންހެނުންގެ ފަރާތުން ކޮއްޓުމެއް އަދި އާއިލީ ގުޅުމުގެ ތެރެއަށް ވެސް ވަކި ކަހަލަ ބާރުތަކެއް ފޯރާ ވާހަކަ. އެގޮތުން ފިރިމީހާ އެހެން އަންހެނަކާ ކައިވެނި ކުރަން ބާރު އަޅާކަމަށް ވެސް ބައެއް ކުދިން ބުނޭ،" ޑރ. އާމާލް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ އާމާލް ވިދާޅުވީ އަންހެނުން ތައުލީމީ ގޮތުން ކުރިއަށް ދާއިރު ދީނީ ގޮތުން ހެޔޮ މައުލޫމާތު ލިބޭ ނަމަ އޭނާގެ ރޯލަކަށް ވާނީ ހަމައެކަނި ފިރިމީހާ ބުނާ ގޮތަށް ކަންތައްތައް ކުރުން ނޫން ކަމަށާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންގެ އިތުރުން ލީޑާޝިޕްގައި އުޅޭ އަންހެނުންނަށް އެ ގަބޫލުކުރުންތަކުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...