ރާއްޖޭގެ ޚަބަރު އީދު ނަމާދު ރަށްރަށުގެ ހުސްބިންތަކުގައި ކުރުމުގެ ފުރުސަތު އެބައޮތް: ޝަހީމް

އީދު ނަމާދު ރަށްރަށުގެ ހުސްބިންތަކުގައި ކުރުމުގެ ފުރުސަތު އެބައޮތް: ޝަހީމް

އީދު ނަމާދު ރަށްރަށުގެ ހުސްބިންތަކުގައި ކުރުމުގެ ފުރުސަތު އެބައޮތް: ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިތުރު އީދު ނަމާދު ރަށްރަށުގެ ހުސްބިންތަކުގައި ކުރުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް އޮންނާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ސަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޑރ ޝަހީމް އިތުރަށް ވިދާޅުވީ މިސްކިތްތަކުގައި ކުރުމަކީ މައްސަލައެއް ނޫންކަމަށާއި ވީހާވެސް ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކުރުމަކީ ބޭނުންހުރި ކަމެއް ކަމުގައި ދެކޭކަމަށެވެ.

މީގެ އިތުރުން މިކަމުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ރަމުޒު ކޮށްދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރާކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

މިފަހަރުގެ އީދު ނަމާދު މާލެ ސްޓޭޑިއަމް ސަރަހައްދުގައި ކުރުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނުން އަންނައިރު ރާއްޖެތެރޭގެ ބައެއް ރަށްތަކުގައިވެސް ހުސްބިމެއްގައި އީދު ނަމާދު ކުރުމަށް އެ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.