ރާއްޖޭގެ ޚަބަރު ނައިފަރުގައި އީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފި

ނައިފަރުގައި އީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފި

ނައިފަރުގައި އީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފާދިއްޕޮޅު ނައިފަރުގައި ފިތުރު އީދު ނަމާދު ހުސްބިމެއްގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާ ބެހޭގޮތުން ނައިފަރު ކައުންސިލް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ހަމަޖެއްސީ ހާމަތަނެއްގައި އެއްޖަމާއަތެއްގައި އީދު ނަމާދު ކުރުމަށް އާއްމުންގެ ގިނަ ބަޔަކު އެދެމުންދާތީ ކަމަށާއި އެދުވަހު މޫސުން ތަންދޭނަމަ އީދު ނަމާދު ކުރުން އޮންނާނީ އެރަށުގެ ބޯޅަ ދަނޑު ސަރަހައްދުގައި ކަމަށެވެ.

މީގެ އިތުރުން ބޯޅަ ދަނޑު ސަރަހައްދުގައި އީދު ނަމާދުކުރުން ކުރިއަށް ދާނަމަ ނައިފަރުގެ އެއްވެސް މިސްކިތެއްގައި އީދު ނަމާދުކުރުން ނޯންނާނެ ކަމަށް ނައިފަރު ކައުންސިލް އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.