މި އަހަރުގެ ފިތުރު އީދު ނަމާދު ސްޓޭޑިއަމުގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަންދޭ ނަމަ ވީހާ ވެސް ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ އީދު ނަމާދު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަހަރުވެސް ސްޓޭޑިއަމުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމް ކުރަމުން އަންނަކަމަށާއި މިކަމުގައި ހެޔޮ އެދޭ ބައެއް ފަރާތްތަކުގެ އެއްބާރުލުން ލިބޭކަމަށެވެ.
ސްޓޭޑިއަމުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ އިރު، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ހުސްބިމެއްގައި އީދުނަމާދު ކުރާގޮތަށް ދަނީ ހަމަޖައްސަމުންނެވެ. މާލެ ސްޓޭޑިއަމުގައި ފާއިތުވި ދެ އީދުގައި ވެސް އީދު ނަމާދުކޮށްފައިވެއެވެ.

















advertisment
ޚިޔާލު