ރާއްޖޭގެ ޚަބަރު

ފަލަސްޠީންގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖޭގައި

ފަލަސްޠީންގެ ޑޮކްޓަރުންގެ ޓީމް ރައީސް ވަހީދާ ބައްދަލުކުރައްވަނީ | ފޮޓޯ: ރައީސް އޮފީސް

 ފަލަސްޠީންގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެވެ.

މިކަމާ ބެހޭގޮތުން ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެފައި ވަނީ މިކަމުގެ މަގުސަދަކީ ރާއްޖޭގައި ބޭނުންޖެހިފައި ތިބި މުސްލިމް އަހުންނާއި އުހުތުންނަށް ހިދުމަތް ދިނުން ކަމަށެވެ.

މިޓީމާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ވިދާޅުވެފައިވަނީ މި ޓީމުގައި ހިމެނެނީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި އޮޕަރޭޝަން ދެ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރަކާއި ނާރުގެ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން އިމަޖެންސީ މެޑިސިން ޑޮކްޓަރެއް ކަމަށެވެ.

ނާރުގެ ޑޮކްޓަރު އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެހިފައިވާއިރު އެހެން ޑޮކްޓަރުން ހިދުމަތް ކުރުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ރަށްތަކުގައެވެ.

ހަތް ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ މި ޓީމް ދެ މަހެއްހާ ދުވަހު ރާއްޖޭގައި ހޭދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *