ރާއްޖޭގެ ޚަބަރު ހަނިމާދޫގައި ޤުރުއާން މުބާރާތެއް ބާއްވައިފި

ހަނިމާދޫގައި ޤުރުއާން މުބާރާތެއް ބާއްވައިފި

ހަނިމާދޫގައި ޤުރުއާން މުބާރާތެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ޒުވާނުންގެ ޒަމިއްޔާގެ ރައީސް އިބްރާހިމް ހަލީލު ވިދާޅުވީ މި މުބާރާތް ބޭއްވީ މިމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުގައި ކަމަށާއި މިމުބާރާތަށް އާއްމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ޖުމްލަ 114 ބައިވެރިން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޤައުމީ މުޤައްރަރާ އެއްގޮތަށް ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ ޤުރުއާނާ ބޭހޭ މަރުކަޒުގެ ދެ ފަނޑިޔާރުކަމަށް ވެސް ހަލީލު ވިދާޅުވިއެވެ.

ހަލީލު އިތުރަށް ވިދާޅުވީ ނަތީޖާ ފާޅުކުރުން އޮގަސްޓް މަހުގެ ކުރީކޮޅުގައި އޮންނާނެ ކަމަށާއި މީގެ އެހެންމުބާރާތެއް އަންނައަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.