ރާއްޖޭގެ ޚަބަރު ދީނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން އޭދަފުށީގައި ގެސްޓް ހައުސް އެޅުމުގެ ހުއްދަ ނުދޭން ނިންމައިފި

ދީނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން އޭދަފުށީގައި ގެސްޓް ހައުސް އެޅުމުގެ ހުއްދަ ނުދޭން ނިންމައިފި

ދީނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން އޭދަފުށީގައި ގެސްޓް ހައުސް އެޅުމުގެ ހުއްދަ ނުދޭން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގެސްޓް ހައުސް ސިޔާސަތުގެ ތެރެއިން އިސްލާމްދީނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން އޭދަފުށީގައި އެއްވެސް ފަރާތަކަށް ގެސްޓް ހައުސް އެޅުމުގެ ހުއްދަ ނުދޭގޮތަށް އެރަށު ކައުންސިލް އިދާރާއިން ނިންމައިފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލް އިދާރާގެ ރައިސް ޢަލީ ވަހީދު ވިދާޅުވީ މިގޮތަށް ކައުންސިލް އިދާރާއިން ނިންމާފައިވަނީ ރާއްޖޭގައި މީހުންދިރިއުޅޭ ކުދިކުދި އާބާދީތަކުގައި ގެސްޓްހައުސް ގެ ވިޔަފާރި ފެށުމުން ނޭދެވޭ އަސަރުތަކެއް ކުރާނެތީ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މަސްތުވާތަކެތި އާއްމުވުމުގެ ބިރު އެބައޮތް ކަމަށްވެސް ޢަލީ ވަހީދު ވިދާޅުވިއެވެ.

އޭދަފުށީގައި އެއްވެސް ފަރާތަކަށް ގެސްޓް ހައުސް އެޅުމުގެ ހުއްދަ ނުދޭގޮތަށް އެރަށު ކައުންސިލް އިދާރާއިން ނިންމާފައިވަނީ 24 ޖުލައި 2013 ވަނަ ދުވަހު ކައުންސިލުގެ 12 ވަނަ ޖަލްސާއިން ނިންމާފައި ވަނީ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.