ރާއްޖޭގެ ޚަބަރު ޢަރަބިއްޔާ ސުކޫލް އިމާރާތް ކުރާނީ އަޅުގަނޑުމެންނަށް ފެންނަ ތަނެއްގައި- ސަރަނގު އާދަމް މަނިކު

ޢަރަބިއްޔާ ސުކޫލް އިމާރާތް ކުރާނީ އަޅުގަނޑުމެންނަށް ފެންނަ ތަނެއްގައި- ސަރަނގު އާދަމް މަނިކު

ޢަރަބިއްޔާ ސުކޫލް އިމާރާތް ކުރާނީ އަޅުގަނޑުމެންނަށް ފެންނަ ތަނެއްގައި- ސަރަނގު އާދަމް މަނިކު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އިމާރާތްކުރާނީ ސަރުކާރަށް ފެންނަތަނެއްގައި ކަމަށް، މައްޗަންގޯޅި ދެކުނު ދާއިރާއަށް އެމް.ޑީ.ޕީ ޓީކެޓްގައި ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަދި މާލޭ މނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ރޭގައި މައްޗަންގޯޅިގައި ހުންނަ ސަރަނގު އާދަމް މަނިކްގެ ސަރނގު 'ވެށިފަހި' ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ސަރުކާރުން ޢަރަބިއްޔާ ސުކޫލް އިމާރާތްކުރާނީ ސަރުކާރަށް ފެންނަ، ސަރުކާރަށް ލާފާ ދޭން ތިއްބަވާ ބޭފުޅުން ބުނާތަނެއްގައިކަމަށާއި، ދެން އެތަނަށް ބެލެނިވެރިން ޖެހޭނީ ކުދިން ފޮނުވަންކަމަށާއި، ބެލެނިވެރިންނާއި ޖެހޭނީ އެކަން އެގޮތަށް ކުރަންކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް އިތުރަށް ވިދާޅުވީ މަގު މަތީގައި މުޒާހަރާ ކޮށްގެނެއް ވަކިތަނެއްގައި ސުކޫލެއް ނެހެދޭނެކަމަށް އާދަމް މަނިކް ވިދާޅުވިއެވެ. އަދަމް މަނިކް މިހެންވިދާޅުވުމާއެކު ރައީސްލްޖުމުހޫރިއްޔާ ވަނީ މިކަމަށް އަތްޕުޅު ޖައްސަވައި ތަރުހީބު ދެއްވާފައެވެ.

ޓެގް

ލާދީނީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.