ރާއްޖޭގެ ޚަބަރު 'އަބާޔާ ޝޯ' ގެ ނަން ބަދަލުކުރީ 'ފެޝަން' މިބަސް އިނުމުން އާންމުންނަށް މަޤްސަދު އޮޅޭތީ: މިސްކުލްޚައިރް

'އަބާޔާ ޝޯ' ގެ ނަން ބަދަލުކުރީ 'ފެޝަން' މިބަސް އިނުމުން އާންމުންނަށް މަޤްސަދު އޮޅޭތީ: މިސްކުލްޚައިރް

'އަބާޔާ ޝޯ' ގެ ނަން ބަދަލުކުރީ 'ފެޝަން' މިބަސް އިނުމުން އާންމުންނަށް މަޤްސަދު އޮޅޭތީ: މިސްކުލްޚައިރް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

'އަބާޔާ ޝޯ' ގެ ނަން ބަދަލުކުރީ 'ފެޝަން' މިބަސް އިނުމުން އާންމުންނަށް މަޤްސަދު އޮޅޭތީކަމަށް މިސްކުލްޚައިރް އިން ހާމަކޮށްފިއެވެ.

'އަބާޔާ ޝޯ' ބޭއްވުމަށް އިއުލާން ކުރުމައި ގުޅިގެން ލިބިގެން ދިޔަ ފާޑުކިޔުންތަކާއި ބެހޭ ގޮތުން މިސްކުލް ޚައިރުން ބުނީ "މިޝޯގެ ނަން 'އަބާޔާ ފެޝަން ޝޯ'އިން 'އަބާޔާ ޝޯ'އަށް ބަދަލުކޮށްފައިވަނީ 'އަބާޔާ ފެޝަން ޝޯ'ގައި 'ފެޝަން' މިބަސް އިނުމުން ގިނަ ބަޔަކަށް މިކަމުގެ މަޤްސަދު އޮޅޭތީވެ. އަދި މީޑިޔާގެ ބައެއް ފަރާތްތަކުން މިކަމުގެ ޚަބަރު ފެތުރިއިރު މިކަމުގެ މަޤްސަދު އޮޅޭފަދަ ފޮޓޯތަކާއި އެކު ޙަބަރު ފަތުރާފައިވާތީ."ކަމަށެވެ. އަދި "ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ފެޝަން ޝޯއެކޭ ބުނީމަ ދޭހަވަނީ އިސްލާމީ އުސޫލުތަކާއި ޙިލާފަށް ބާއްވާ ހުނޅަގުގެ ފެޝަން ޝޯތައް. އެހެނަސް މިއީ އެހުރިހާ ޝޯތަކާއި ޚިލާފަށް ބޭއްވޭ ހެދުންތަކުގެ ދައްކާލުމެއް."ކަމަށެވެ.

ޝޯ އާއި ބެހޭގޮތުން ގޮތުން އިތުރަށް މިސްކުލް ޚައިރުން ހާމަކޮށްފައިވަނީ "މިޝޯގެ ބޭނުމަކީ އަންހެން ކުދިންތަކެއްގެ ޒީނަތް ފާޅުކުރުމެއް ނޫން! މިޝޯގައި ދައްކާލެވޭ ހެދުންތަކަކީ އަންހެނުންނަށް ގެއިން ބޭރުގައި މަހުރަމް ނޫން މީހުންގެ ކުރިމަތީވެސް ލެވޭނޭ ފަދަ ޒީނަތްފާޅުނުވާ އަދި ވަނާތައް ފާޅުނުވާފަދަ ހެދުންތަކެއް."ކަމަށާއި "މިޝޯގައި ފެޝަން ޝޯއެއްގައި ފެނިގެންދާފަދަ ބާރު ހެދުންތަކާއި ކެޓް ވޯކްތަކެއް ފެނިގެން ނުދާނެ. އިންޝާﷲ! މިއީ އަޅުގަނޑުމެންގެ ޕާޓްނާސް އާއެކު ބޭއްވުމަށް ގަސްދުކުރާ، ފިހާރާއިގައި ވިއްކާ ހެދުންތައް ދައްކާލާ އެފަރާތްތަކުގެ ޚިދުމަތްތައްވެސް އިޝްތިޙާރުކުރުމަށް ބާއްވާ އީވެންޓެއް. އެހެނަސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި މިކަން ކުރޭތީ ގިނަ ބަޔަކަށް މިކަން ހީވެފައި އޮންނަނީ މިއީ ދީނީ އީވެންޓެއްގެ ގޮތުގައި."ކަމަށެވެ.

"މިޝޯގެ ވާހަކަ ސޯޝަލް މީޑިޔާގައި ޖެހުމުން ވަރަށް ގިނަ އަދަދެއްގެ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ! އަދި ބައެއް ފާޑުކިއުންތައްވެސް އަމާޒުވެގެން ދިޔަ. ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔައީ މިއީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟ މިޝޯ ހިނގާގޮތް ކިޔައިދީ އޮޅުން ފިލުވައިދިނުމުން މިކަމާމެދު ޝެއިޚުން ވާހަކަ ދެއްކެވި"ކަމަށެވެ. އެވާހަކަތަކަށް އިޝާރާތްކުރައްވާ މިސްކުލްޚައިރުން ވިދާޅުވީ "ޝެއިޚް އާދަމް ޝަމީމް ވިދާޅުވީ 'ހަމައެކަނި އަންހެނުންނަށް ވަދެވޭ ގޮތަށް، ތަނުގައި ފޮޓޯ ނުނެގޭ ގޮތަށް އަދި އެތަނުގެ ތެރޭގައި އެއްވެސް މުންކަރާތެއް ނުހިނގާނޭ ގޮތަށް ތިޔައީވެންޓް ކުރިއަށް ދާނޭނަމަ އެކަމުގައި އެއްވެސް ގޯހެއް ނެތް"ކަމަށް ކަމަށާއި "ޝެއިޚް ތައްޔިބު ވިދާޅުވީ 'ތިޔަ ކިޔައިދެވުނު ފަދައިން ތިޔަ ޝޯ ކުރިއަށްދާނަމަ ތިޝޯ ބޭއްވުމުގެ އެއްވެސް މައްސަލައެއް ނެތް' ކަމަށެވެ. އަދި ޝެއިޚް އިލްޔާސް ޖަމާލު ވިދާޅުވެފައިވަނީ"ތިޔަފަދައިން ބާއްވާ ޝޯތަކަކީ ދިވެހިރާއްޖޭގެ މިފަދަ މުޖްތަމަޢަކަށް ވަރަށް މުޙިއްމު ޝޯއެއް." ކަމަށެވެ.

"އިންޝާﷲ މިޝޯއަށް ވަދެވޭނީ ހަމައެކަނި އަންހެން ބޭކަބަލުންނަށް. ސެކިއުރިޓީ ބަލަހައްޓަންވެސް ހޯލުގެ ތެރޭގައި ތިއްބަވާނީ އަންހެން އޮފިޝަލުން. ހެދުން ދައްކާލުމުގައި ހަރަކާތްތެރިވާނީވެސް އަންހެން ބޭކަބަލުން. މޫނުއަޅުއްވާ އަންހެން ބޭފުޅުންނަށްވެސް ވަދެވޭނީ އަންހެން ސެކިއުރިޓީ އޮފިޝަލަކަށް މޫނު ދެއްކުމަށްފަހު. ފޮޓޯނެގޭ އެއްވެސް ފަދަ އިލެކްޓްރޯނިކް ސާމާނެއް ނުވެއްދޭނެ. އަޅުގަނޑުމެން އެދެނީ އެފަދަ އެއްޗެއް ނުގެނެއުމަށް. އެއްވެސް މީޑިޔާއަކުން ނުވަތަ އެއްވެސް އެހެންބަޔަކުވެސް ފޮޓޯ ނުވަތަ ވީޑިޔޯއެއް ނުކުރާނެ. އިސްލާމް ދީނާއި ޚިލާފު މިއުޒިކް ބޭނުވެއް ނުކުރެވޭނެ."ކަމަށެވެ.

މިސްކުލްޚައިރުން ވިދާޅުވީ ހަޤީޤަތް ނުބަލާ އެވާހަކަ އޮޅުން ނުފިލުވާ މުޖްތަމަޢުގައި ބައިބައިވުން އުފެދޭގޮތަށް ވާހަކަދައްކަމުންދާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. "ހުރިހާކަމެއް ކިޔާދެވިގެން މިޝޯ ރޭވިގެންދާއިރުވެސް ބައެއް މުސްލިމް އަޚުންނާއި އުޚްތުން މިކަމުގެ ހަޤީޤަތް ނުބަލާ އެވާހަކަ އޮޅުން ނުފިލުވާ މުޖްތަމަޢުގައި ބައިބައިވުން އުފެދޭގޮތަށް ވާހަކަދައްކަމުންދާތީ އެކަމާއި ދެރަވެ ހިތާމަކުރަން!"ކަމަށެވެ.

"މިސްކުލް ޚައިރު އަބާޔާ ޝޯ" އަކީ މިސްކުލް ޚައިރު، ލޭކޮކާ ލުކްސް ސެލޫން، ޝަމްސީސް ބްރައިޑަލް ހިޖާބްސް އަދި ދިއިސްލާމް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝޯއެކެވެ. މިޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ޖުލައިވާ އާދީއްތަދުވަހުގެ ރޭ 9:30ގައި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ ހޯލުގައެވެ(ކުރީގެ މަޢުހަދު). މިޝޯއަށް ވަނުމުގެ ޓިކެޓް ވިއްކަން ލިބެން ހުންނާނީ މިސްކުލް ޚައިރު މަޖީދީ މަގު ފިހާރައިންނެވެ(ކުރީގެ އަރަބިއްޔާ ކުރިމަތި). ޓިކެޓްގެ އަގަކީ -/25، -/45 އަދި -/65 ރުފިޔާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.