ރާއްޖޭގެ ޚަބަރު ސިލަބަސް އެކުލަވާލާފައިވާ ގޮތުން ދަރިވަރުން ޤުރުއާން އުނގެނުމުގެ ފުރުޞަތު ކުޑަ: ޝައިޚް އަލީ ޒާހިރު

ސިލަބަސް އެކުލަވާލާފައިވާ ގޮތުން ދަރިވަރުން ޤުރުއާން އުނގެނުމުގެ ފުރުޞަތު ކުޑަ: ޝައިޚް އަލީ ޒާހިރު

ސިލަބަސް އެކުލަވާލާފައިވާ ގޮތުން ދަރިވަރުން ޤުރުއާން އުނގެނުމުގެ ފުރުޞަތު ކުޑަ: ޝައިޚް އަލީ ޒާހިރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ސްކޫލުތަކުގެ ސިލަބަސް އެކުލަވާލާފައިވާ ގޮތުން ކީރިތި ޤުރުއާން އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށާއި އެކަން އިޞްލާޙްކޮށް ކިޔަވައިދެވޭ މުޤައްރިރަށް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ފަޟީލަތުއްޝައިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޝައިޚް އަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިންތިޒާމް ކޮށްގެން “ޤުރުއާނާއި މެދު ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟” މިނަމުގައި ބޭއްވި ފޯރަމްގައި ވާކަހަފުޅު ދައްކަވަމުންނެވެ.

ޝައިޚް އަލީ ޒާހިރު އިރުރަށް ވިދާޅުވީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މަދުރަސީ ދައުރު ނިންމާއިރު ކީރިތި ޤުރުއާން ކިޔަވަން ނުއެނގުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ މުބަރާތްތައް ބާއްވައިގެން އެކަނި ފުއްދައިލެވެން ނެތް ކަމަށެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނު އުނގެނުމުން ސައިންސާއި އެހެންވެސް ފަންނުތަކުން މުހިންމު މައުލޫމާތުތަކެއް ޙާޞިލުކުރެވޭނެކަމަށާއި އެކަންކަމުން ދަރިވަރުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށް ވެސް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.