އިއްޔެ ގެ ހުކުރުނަމާދަށް ފަހު " އިންޤިލާބު މުގުރާލަށް" މި ޝިޔާރުގެ ދަށުން މިޞްރުގެ އެކި ކަންކޮޅުތަކުގައި އަންނަނީ އެތަށް މިލިޔަން ރައްޔިތުނެއް ޞުލުޙަވެރިއިހްތިޖާޖތަކެއްކުރަމުންނެވެ.
މިގޮތުން މިޞްރު ބޮޑު ސަހަރެއްކަމަށްވާ މަންޞޫރާ ގައި އެޤައުމުގެ އިންތިޚާބީ ރައީސް އައްސަޔިދު މުޙައްމަދު މުރުސީ-حفظه الله- އަށް ތާއިދުކޮށް ބޭއްވި ޞުލުޙަވެރި އެއްވުމެއްގެ ތެރެއަށް އަސްކަރިއްޔާއާއި ލާދީނީ ހަދުފަހަނައަޅާފައިވާ ގޭގުތަކުން ދިންހަމަލާތަކެއްގައި 3 މުސްލިމު އުޚުތުން މަރުވެ އެތަށް ބަޔަކު ވަނީ ޒަޚަމުވެފައެވެ.
މަންޞޫރާގައި ބޭއްވީ މި އެއްވުން ފެށުނީ އެ ސަހަރުގެ "އޮލިންޕިކްއިމާރާތް" ކައިރިން ތަރާވީހު ނަމާދަށް ފަހުގައި ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެއްވުމުގެ ތެރެއަށް އަސްކަރިއްޔާއާއި އެމީހުންގެ މަދަދުލިބިފައިވާ ގޭގުތަކުން ވަދެ ހަމަނުޖެހުން ހިގާފައިވެއެވެ. ހަމައެއާއި އެކު އެއްވެފައިވާ މީހުންގެ ތެރެއަށް ބަޑިންނާއި އަލިފާނުގެ ޙަމާލާތަކެއްވަނީ ދީފައެވެ.
މިޙަމަލާތަކުގައި މަރުވެފައިވަނީ ޢުމުރުން 38 އަހަރުގެ އިސްލާމް ޢަލީ ޢަބުދުލްޣަނީ ކިޔާ އުޚްތަކާއިއަދި ޢުމުރުން 13 އަހަރުގެ ސާރާ މުޙައްމަދެވެ. ތިންވަނަ އަށް މަރުވި އުޚްތާއަކީ ކާކުކަށް އަދި މިހާތަނަށް ސާފުވެފައެއްނުވެއެވެ.
މަޞްދަރު: އިސްލާމްމެމޯ
ކޮމެންޓް (0)
ލޯޑް ކުރަމުން...