ޖުމްހޫރީ ޕާޓީއާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހެދީ 25 މިލިއަން ރުފިޔާއަށް ކަމަށް ދެކެވުނު ވާހަކަ ދޮގުކޮށް، ޕީޕީއެމް އިން އަދާލަތު ޕާޓީ ކިބައިން މައާފަށް އެދިއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ތަރުޖަމާން އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ޖޭޕީއާ އެކު އަދާލަތުން ކޯލިޝަން ހެދީ 25 މިލިއަން ރުފިޔާ އަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲއާ ހަވާލާދީ މީޑިއާތަކުން އިއްޔެ ހަބަރު ފަތުރާފައި ވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށާއި ކޯލިޝަން ހެދީ ފައިސާ އަށް ކަމަށް އަޑުއިވިފައިވީ ނަމަވެސް ޕީޕީއެމުން އެގޮތަށް ގަބޫލުނުކުރާނެ ކަމަށެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ޚަބަރު މިހެން ފެތުރިފައިވުމުން އަދާލަތު ޕާޓީ އާއި އެ ޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
މީޣެ އިތުރުން އަދާލަތު ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތަކެއް ޕީޕީއެމާ އެކު ވެސް ދެކެވުނު ކަމަށާއި ކޮންމެ ބަޔަކު ކޮންމެ ބަޔަކާ އެކު ކޯލިޝަން ހެދި ނަމަވެސް ޕީޕީއެމުން ރިޔާސީ އިންތިހާބު ކާމިޔާބުކުރާ އިރު އަދާލަތު ޕާޓީ ވެސް އަދި ޖުމްހޫރީ ޕާޓީ އާއި ރައީސް މުހައްމަދު ވަހީދުގެ އިތުރުން ގައުމީ ޕާޓީގެ ލީޑަރު ހަސަން ސައީދު ވެސް ހުންނަވާނީ ޕީޕީއެމާ އެކީގައި ކަމަށް މަހުލޫފް ވިދާޅުވިއެވެ.

















advertisment
ޚިޔާލު