ރާއްޖޭގެ ޚަބަރު

"ޤުރުއާނާއި ސުންނަތުގައި ފަލަސްޠީން" މިނަމުގައި ފޯރަމްއެއް ބާއްވަނީ

"އަހަރުމެން ފަލަސްޠިން އެކަނިކޮށެއް ނުލާނަން މިނަމުގައި މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އިން ބޭއްވި ހިގާލުމުގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

"ޤުރުއާނާއި ސުންނަތުގައި ފަލަސްޠީން" މިނަމުގައި ފޯރަމްއެއް ބޭއްވުމަށް މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އިން ހާމަކުރި ގޮތުގައި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2013 ވާ ހުކުރު ދުވަހުގެ ރޭ (މާދަމާ ރޭ) 09:45 ގައި ސޯޝަލް ސެންޓަރުގައެވެ.

އަދި މި ފޯރަމްގައި ތަޤްރީރު ކުރައްވާނީ ފަޟީލަތުއް ޝައިޚް މަޙްމޫދު އަބުދުކަރީމް މަހައްނާ (ފަލަސްޠީން) ކަމަށާއި ތަޤްރީރަށް ފަހު އެހުންތެރިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދެއްވުމަށް ސުވާލާއި ޖަވާބު ވެސް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް އިން ހާމަކުރެއެވެ.

މީގެ އިތުރުން މިފޯރަމްގައި ވީހާވެސް ގިނަފަރާތްކުން ބައިވެރިވެ ވަޑައިގަތުމަށް މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް ގެ ފަރާތުން އެޑިވަޑައި ގަންނަވައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް އުފާވެރި ޚަބަރެއް ، އަހަރެމެން ވަނީ ފަލަސްޠީންގެ މުސްލިމުންނާއި އެކު ، މުސްލިމް “ބަނީ އިސްރާއީލު ” މުޖާހިދުން ޚުރާޝާނުން ނުކުމެގެން ފަލަސްޠީން މިނިވަން ކުރަން ދިއުން ވަނީ ވަރަށްވެސް ގާތުގައި . އިންޝާﷲ .

Your email address will not be published. Required fields are marked *