އަރަބިދުނިޔެ އެމެރިކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މިޞްރުގެ ޚާރިޖީ ވަޒީރަކަށް

އެމެރިކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މިޞްރުގެ ޚާރިޖީ ވަޒީރަކަށް

އެމެރިކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މިޞްރުގެ ޚާރިޖީ ވަޒީރަކަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މިޞްރުގެ ޚާރިޖީ ވަޒީރުކަމަށް ހަމަޖައްސަވައިފިއެވެ.

އަސްކަރިއްޔާއިން މިސްރުގެ ވެރިކަން ވައްޓާލުމަށްފަހު އެގައުމުގެ ޚާރިޖީ ވަޒީރުކަމުގެ މަގާމަށް ހަމަޖައްސަވައިފައިވަނީ 1999ން 2008ށް މިޞްރުން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމު ފުރުއްވި ނަބީލް ފަހްމީ އެވެ. ބޮޑުވަޒީރު ހާޒިމް އަލް ބިބްލާވީގެ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރުކަމުގެ މަގާމު ގަބޫލުކުރެއްވިކަން ނަބީލް ފަހްމީ ހާމަކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ނަބީލް އަކީ މިޞްރުގެ މިހާރުގެ ނައިބް ރައީސް މުހައްމަދު އަލް ބަރާދޭ ގެ "އަލް ދުސްތޫރް" ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އަލްބަރާދޭ ވަނީ މިޞްރުގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމުގައި ހަރަކާތްތެރިވި "ނޭޝަނަލް ސެލްވޭޝަން ފްރަންޓް" ނަމަކަށް ކިޔުނު ސެކިއުލާ އިއްތިހާދު ހިންގެވުމުގައިވެސް އިސްކޮށް މަސައްކަތް ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.