ރާއްޖޭގެ ޚަބަރު ކްރިސްމަސްއާއި ދިމާކޮށް ދުނިޔޭގެ މަޝްހޫރު ފަންނާނުން ރާއްޖެއަންނަމުން އެބަދޭ

ކްރިސްމަސްއާއި ދިމާކޮށް ދުނިޔޭގެ މަޝްހޫރު ފަންނާނުން ރާއްޖެއަންނަމުން އެބަދޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ނަޞާރާއިންގެ ދީނީ ޢީދު ދުވަހާއި ދިމާކޮށް ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި، ކުޅިވަރު ކުޅުންތެރިން ރާއްޖެ އަންނަމުން އެބަދެއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް އަވަހަށް ދުނިޔޭގެ މަޝްހޫރު ފުޓް ބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްވެސް ރާއްޖެއަންނާނެކަމަށެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިއަކުވެސް ރާއްޖެއަންނަން ތައްޔާރުވާކަމަށް ދިއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންދްރޭ ޕިރްލޯ އާއި އަބިއާޓީ މިހާރު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އިއްޔެގެ ހެނދުނު ވަގުތެއްގައި ދުނިޔޭގެ މަޝްހޫރޫ ފުޓް ބޯޅަ ކުޅުންތެރިޔާ ޕޯޗްގަލްއާއި ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ރާއްޖެއަށް ސިއްރުގައި އައިސްފައެވެ. ރޮނާލްޑޯ ރާއްޖެއައިސް ހުރުމަށް ހަމަޖެހިފައިވަނީ، ފ އަތޮޅުގެ 'ދަރާނިޔާ އެކްސްޕްރެސް'ކިޔާ ޔޮޓެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.