މިއަހަރު ރަމްޟާން މަހު އިމާމުވެ ތަރާވީސް ނަމާދު ކުރުމަށް ކަމަށް ބުނެ ރާއްޖެ އައި ހަތަރު ބިދޭސީއަކު ހުއްދަ ނެތުމުން އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަންގެ މީޑިއާ ހާމަކުރާގޮތުގައި އެމީހުން ހިފެހެއްޓީ ޓޫރިސްޓް ވިސާގައި ރާއްޖެއައި އިރު އިމާމުވެ ތަރާވީސް ނަމާދުކުރުމަށް ބޭނުންވާ ހުއްދަ ނެތުމުގެ ސަބަބުން ކަމަށެވެ. ހިފެހެއްޓި ހަތަރު ބިދޭސީންނަކީ ލަންކާ ހަތަރު މީހުން ކަމަށް އިމިގްރޭޝަންއިން ހާމަކުރެއެވެ.
އިމިގްރޭޝަން އިން އިތުރަށް ހާމަކުރާގޮތުގައި އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ހުއްދަ ލިބުމުގެ ސަބަބުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އަނެއް ދެ މީހުންނަށް ހުއްދަ ނުލިބޭތީ އަދި ވެސް ދޫނުކުރާ ކަމަށެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...