ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމްރާއެއް ކުރެއްވުމަށް ސައުދި އަރަބިއްޔާއަށް ވަޑައިގަންނަވަން ވިސާ ދޫކޮށްފައިނުވާ ކަމަށް ސައުދީ އެމްބަސީއިން ބުނެފި އެވެ.
ލަންކާގައި ހުންނަ ސައުދީ އެމްބަސީ އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ނަޝީދު ވިސާއަށް އެދި ހުށަހެޅި ނަމަވެސް ވިސާ ދޫކޮށްފައިނުވާ ކަމަށާއި އެހެންނަމަވެސް ވިސާ ނުދިން ސަބަބެއް އެމްބަސީއިން ބުނެފައިނުވާ ކަމަށެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަދި ކުރީގެ އެޓާނީ ޖެނެރަލް އަހުމަދު އަލީ ސަވާދު ވެސް ވިސާއަށް ހުށަހަޅާފައި ވެއެވެ.
ރައީސް ނަޝީދު އުމްރާއަކަށް ވަޑައިގަންނަވާތީ ހައި ކޯޓުން ވަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވާފައި ވާއިރު އުމްރާ ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ނަޝީދު ވިދާޅުވެފައި ވަނީ ސައޫދީ އަރަބިއްޔާ އަށް ވަޑައިގަންނަވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށާއި އެ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...